twitterviber whatsapp telegramfacebookyoutube instagram
21st December 2025

އިންޑިޔާ އައުޓް ލިޔެފައި ހުރި ކަރުދާސްތަކެއް ކުޅުދުއްފުށީ މަގުތަކަށް އަޅައިފި

އަބްދުލް ވާހިދު ޙަސަން
Mar 25, 2022
1

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި "އިންޑިޔާ އައުޓް" ލިޔެފައި ހުރި ކަރުދާސްތަކެއް ރޭ ދަންވަރު ކުޅުދުއްފުށީ މަގުތަކަށް އަޅައިފި އެވެ.

"އިންޑިޔާ އައުޓް" ހަރަކާތްތަކީ އިިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ކުރިއަށްގެންދާ ހަރަކާތެކެވެ.

ރޭ ދަންވަރުގެ ކުޅުދުއްފުށީގެ އެކި މަގުތަކަށް އެޅި އެ ކަރުދާސްތަކުގައި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރުގެ ވެރިންނަށާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔާ ލިޔެފައިވެ އެވެ.

އޭފޯ ގަނޑުތަކެއްގައި މާކަރަކުން ލިޔެފައިހުރި އެ ގަނޑުތައް ކުޅުދުއްފުށީގެ އެންމެ ބޮޑު މަގުކަމުގައިވާ އަމީނީމަގުގެ ބައެއް ސަރަހައްދުތަކަށާއި ރަށުގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އަޅާފައި ހުއްޓެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައިވެސް އިންޑިޔާ އައުޓް ލިޔެފަ ހުރެ އެވެ.

ކުޅުދުއްފުއްޓަށް އިންޑިޔާ އައުޓް ގަނޑުތަކެއް އަޅާފައިމިވަނީ، އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އިން ބޭލުމަށް ގޮވާލައި މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވަނިކޮށެވެ.

އެކަމަކު މި އެއްވުން ނުބޭއްވުމަށް ފުލުހުން ވަނީ އަންގާފަ އެވެ. ސަބަބެއް ކަމަށް އެ އިދާރާ އިން ބުނަނީ ރަށްރަށުން މީހުން ގެނެސްގެން ހަމަޖެހުން ނަގާލުމުގެ ހަރަކާތްތަކެއް ހިންގަން ރާވާފައިވާތީ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355