twitterviber whatsapp telegramfacebookyoutube instagram
21st December 2025

ފަހު ވަގުތު އެސްޓީއޯ ބަލިކޮށް އޮފީސް މުބާރާތުގެ ތަށި ޕޮލިހަށް!

މުޙައްމަދު އަހުމަދު
Mar 28, 2022

ހިރަފުހުން ބޭއްވި އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ތަށި ފަހުވަގުތު އެސްޓީއޯ ބަލިކޮށް ކުޅުދުއްފުށި ސިޓީ ޕޮލިހުން ހޯދައިފި އެވެ.

ރޭ ކުޅެވުނު ފައިނަލް މެޗުގައި އެސްޓީއޯގެ މައްޗަށް ޕޮލިހުން ކުރިހޯދީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. މިމެޗުގައި ޕޮލިސް މޮޅުވި ލަނޑުގެ މެޗުގެ އެންމެ ފަހުވަގުތު ޖަހައިދިނީ ޕޮލިހުގެ އަހްމަދު ގާސިމް އެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު ޕޮލިހުން ޖެހި ހަމައެކަނި ލަނޑަކީ އެސްޓީއޯގެ ކެޕްޓަން ހަސަން މުހައްމަދަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުން ކާމިޔާބުކުރި ލަނޑެކެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްޓީއޯގެ ކީޕަރު އަމްޖަދު މޫސާ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ކޭޕީއެލްގެ އަމްޖަދު ހަސަން ހޯދިއިރު އޭނާ ވަނީ މުބާރާތުގައި 11 ލަނޑުޖަހާފަ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ އެސްޓީއޯގެ ހަސަން މުހައްމަދާއި އަހްމަދު ނަދީމްގެ އިތުރުން ޕޮލިހުގެ އަހްމަދު މުހައްމަދާއި އަހްމަދު ގާސިމް އަދި އަހްމަދު ޝަރުވާނެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް އެސްޓީއޯ އާރްސީ ހޮވުނުއިރު ފުޓްސަލް ކިންގަކަށް ހޮވުނީ ޕޮލިހުގެ ކުޅަދާނަ ކީޕަރު އަހްމަދު ޝަރުވާނެވެ. އޭނާގެ ފަރާތުން މުބާރާތުގައި މޮޅެތި ސޭވްތައް ފެނިގެންގޮސްފައިވެ އެވެ. އަދި އޭނާ ވަނީ މުބާރާތުގައި ލަނޑެއް ވެސް ކާމިޔާބުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355