twitterviber whatsapp telegramfacebookyoutube instagram
25th April 2024

103 ދަރިވަރުންނާއެކު ކުޅުުދުއްފުށީ ޤުރުއާން މުބާރަތް ފަށައިފި

Apr 5, 2022

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ޤުރުއާން މުބާރާތް މި އަހަރު 103 ދަރިވަރުންނާއި އެކު މިއަދު ފަށައިފި އެވެ.

އަފީފުއްދީން ސްކޫލް ހޯލުގައި ކުރިއަށް ގެންދާ މި މުބާރާތް ފައްޓަވައި ދެއްވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ވިދާޅުވީ ކޮވިޑާއި ގުޅިގެން މުބާރާތައް މެދުކެނޑުމެއް އައިކަމުގައި ވިއަސް ކުރިއަށް އޮތްތަނުގައި މެދުކެނޑުމެއް ނެތި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ކުޅުދުއްފުށީ 3 ސްކޫލްގެ އިތުރުން އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުންނާއި، 3 ޤުރުއާން ކުލާހަކުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން ކޮންމެ ސްކޫލަކުން ބަލައިގެން ކިޔެވުމުގެ ގޮފިން 12 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފިން 8 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުން ބައިވެރިވެފައިވަނީ 5 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.

ބައިވެރިވި ކްލާސްތަކަށް ބަލާއިރު ޢުލޫމުލް ޤުރުއާން ކުލާހުން ބަލައިގެން ކިޔަވާ ގޮފިން 10 ދަރިވަރުން، ނުބަލާ ކިޔެވުމުގެ ގޮފިން 5 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އިޚްލާސް ޤުރުއާން ކުލާހުން ބަލައިގެން ކިޔަވާ ގޮފިން 10 ދަރިވަރުން ބައިވެރިވެފައިވާއިރު ނުބަލާ ކިޔެވުމުގެ ގޮފިން އެއްވެސް ދަރިވަރަކު ބައިވެރިވެފައެއް ނުވެއެވެ. އަދި ބަޝާއިރުލް ޤުރުއާން ކުލާހުން ބަލައިގެން ކިޔަވާ ގޮފިން 10 ދަރިވަރުން، ނުބަލާ ކިޔެވުމުގެ ގޮފިން 3 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތް ބަހާލާފައިވަނީ 6 އުމުރުފުރާއަކަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، އަދި 18 އަހަރުން މައްޗަށެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާ ބޭފުޅުންނަކީ މުހައްމަދު ފައިސަލް، ދަނބުގެ/ ދ ރިނބުދޫ، ހުސެއިން ރުޝްދީ، ކަންމަތީގެ/ ނ މިލަދޫ އަދި މުހައްމަދު އަހުމަދު، އެއްމުލިމާގެ، ޏ ފުވައްމުލަކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355