އުރީދޫ ރޯދަ ކުއިޒްގައި ބައިވެރިވެ އެންމެ ގިނަ ސުވާލުގެ ޖަވާބުދިމާކުރާ ނަސީބުވެރިއަކަށް އިނާމެއްގެ ގޮތުގައި އައިފޯން 13 ޕްރޯ އެއް އެ ކުންފުނިން ހުށަހަޅައިފިއެވެ.
މިއަދުން ފެށިގެން ރޯދަމަސް ނިމެންދެން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު އުރީދޫގެ ސޯޝަލް މީޑިއާގައި ރޯދަ ކުއިޒްގެ ސުވާލު ޕޯސްޓްކުރާނެއެވެ. އެ ސުވާލަށް ޖަވާބުދިނުމަށް ޖެހޭނީ އެ ސުވާލާއެކު ޕޯސްޓްކުރާ ޓޭބަލުގައި ބޮޅު އަޅައި Ooredooroadhaquiz# ޖެހުމަށްފަހު އުރީދޫގެ ޓްވިޓާ އަދި ފޭސްބުކް ޕޯސްޓަށް ކޮމެންޓްކުރާށެވެ. އަދި އިންސްޓަގްރާމުން މި ކުއިޒްގައި ބައިވެރިވާއިރު، އެކައުންޓް ޕްރައިވެޓް ނަމަ Ooredooroadhaquiz# ޖެހުމަށްފަހު ވަކި ޕޯސްޓެއްގެ ގޮތުގައި ޖަވާބު ހުށަހަޅަންވާނެއެވެ.
މި ސުވާލުތަކަށް ޖަވާބުދޭ މީހުންގެ ތެރެއިން ހަފުތާގެ ނަސީބުވެރިއަކު ހޮވަންވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިއަކަށް އިނާމެއްގެގޮތުގައި އުރީދޫން ހުށަހަޅާފައި ވަނީ ގެލެކްސީ ބަޑްސް ލައިވް އެެކެވެ.
އުރީދޫ ރޯދަ ކުއިޒްގެ މިހަފުތާގެ ސުވާލަށް ޖަވާބުދިނުމުގެ ފުރުސަތު ސޯޝަލް މީޑިއާގައި މިހާރު ވަނީ ހުޅުވާލާފައެވެ. ޖަވާބުދިނުމުގެ އެންމެ ފަހުވަގުތަކީ މާދަމާރޭ 11:30އެވެ.