ދުނިޔޭގެ ސިއްހި ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކޮވިޑް-19ގެ ތަފާތު ވޭރިއެންޓްތައް ދެނެގަތުމަށް ބޭނުންކުރާ ޖީން ސީކުއެންސް މެޝިނެއް ހަދިޔާކޮށްފިއެވެ. މި ޖީން ސީކުއެންސް މެޝިނާއި ރާއްޖޭން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ.
މި މެޝިން މެދުވެރިކޮށް ކޮވިޑް ފެތުރޭ މިންވަރު ބެލުމާއި ވައިރަސްގެ ހަރަކާތްތަކާއި އެއަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެއެވެ.
ޖީން ސީކުއެންސިންގެ ކެޕޭސިޓީ ރާއްޖޭގައި ގާއިމުކުރެވުމުން ކޯވިޑްގެ އިތުރުން އިންފްލުއެންޒާ، ހިމަބިހި ފަދަ ނުރައްކާތެރި އެހެން ބަލިތައް މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވިދާޅުވެއެވެ.
Today, @whomaldives handed over Genome Sequencing Technology to @MFDA_mv @MoHmv 🔬
— WHO Maldives (@WHOMaldives) April 6, 2022
🧬 Genome Sequencing supports the monitoring of COVID-19 spread, activity & evolution of the virus, opening new paradigms in epidemic & pandemic prevention & control pic.twitter.com/wHg3RDZyOl
މީގެ ކުރިން ރާއްޖެއިން ޖީން ސީކުއެންސް ހަދަމުންދިޔައީ ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ. ނަމަވެސް ރާއްޖޭގައި މި ވަސީލަތް ގާއިމުކުރެވުމުން އެކަމަށް ހޭދަވާ ވަގުތާއި ހަރަދު ކުޑަކުރެވި އަވަހަށް ފަސޭހަކަމާއެކު ކޯވިޑްގެ ވޭރިއަންޓްތައް ދައުރުވާ މިންވަރު ދެނެގަނެވޭނެކަމަށް ޑަބްލިއުއެޗްއޯއިން ވިދާޅުވެއެވެ.