twitterviber whatsapp telegramfacebookyoutube instagram
21st March 2023

ތަސްލީމާގެ ބަދިގެ: ކަންކުން ރައީސް

ނަބީލާ އިސްމާޢީލް
Apr 8, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ކަންކުން ރައިސް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ތައްޔާރުކޮށްލަން ފައްސޭހަ، ހަށިގަނޑަށް ފައިދާހުރި ކެއުމެކެވެ.

ބޭނުންވާ ތަކެތި:

 • 2 ޖޯޑު (ބަތް ކައްކާފައި)
 • 1 ބޮނޑި ކަންކުން ފަތް (ތަނޑުތަކާއެކު ކޮށާފައި)
 • 1 ގަނޑު ވަޅޯމަސް (ތުނިކޮށް ކޮށާފައި)
 • 1 ފިޔާ (ކޮށާފައި)
 • 4 ތޮޅި މިރުސް (2 ފަޅި ކޮށްލާފައި)
 • 4 ހިކި މިރުސް ( ކުދިކޮށްކޮށާފައި)
 • 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
 • 1 ކޯޅި ހިކަނދިފަތް
 • ލޮނު (ރަހަލާވަރަށް)
 • 1/2 ސ ސަމްސާ ރީނދޫ
 • އަޖުނަމޮޓޯ
 • ތެޔޮ

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދުމަށްފަހު ތެޔޮފޮދު އަޅާ ހޫނުވެލުމުން ލޮނުމެދާއި ހިކި މިރުސް އެޅުމަށްފަހު މީރުކޮށްލާށެވެ. އެއަށްފަހު ފިޔާ އަދި ހިކަނދިފަތް ކޮޅު އަޅާލާފައި ފިޔާ ކޮޅު ރަނގަޅަށް މީރުކޮށްލާށެވެ. އެއަށްފަހު ރީނދޫ، ލޮނު އަދި އަޖިނަމޮޓޯ އަޅާށެވެ. ރީނދޫކޮޅު ރޯފިލުމުން ކޮށާފަ ހުރި ކަންކުން ފަތްކޮޅު އަޅާ ރޯފިލުވާލާށެވެ. އަދި ވަޅޯމަސްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކައްކާފައި ހުރި ބަތްކޮޅު އެއްކޮށްލާށެވެ.

މިބަތް ޑެވިލްޑް ފިސް، ބަޓާ ޗިކަން ފަދަ ސައިޑް ޑިސްއަކާއެކު ކާލަން ވަރަށް މީރުވާނެ އެވެ. ސައިޑް ޑިސްއަކާ ނުލާވެސް ވަރަށް މީރުވާނެ އެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355