twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ޤުރުއާން މުބާރަތުން އެއްވަނަ ޔާނިމަށް

ޚަދީޖާ އާދަމް
Apr 9, 2022
2

ކުޅުދުއްފުށީ ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ އަފީފުއްދީން ސްކޫލްގެ ދަރިވަރު ހުސެއިން ޔާނިމް ހޯދައިފި އެވެ.

މިއަދު ހެނދުނު އަފީފުއްދީން ސްކޫލުގައި ބޭއްވި ރަސްމިޔާތުގައި މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިން ވަނަ އަށް ދިޔަ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު އަނިލް އެވެ.

މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިން ވަނައަށް ދިޔަ ދަރިވަރުން

- 1 ވަނަ: ހުސެއިން ޔާނިމް/ އަފީފުއްދީން ސްކޫލް
- 2 ވަނަ: އަމަތުﷲ އަލީ/ ޖަލާލުއްދީން ސްކޫލް
- 3 ވަނަ: ރިހާމް މުހައްމަދު ފައިސަލް/ ޖަލާލުއްދީން ސްކޫލް

ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ވަނަތަކަށް ދިޔަ ދަރިވަރުން

- 1 ވަނަ: އަހުމަދު އަތޫފް މުހައްމަދު / ހދ އޭއީސީ
- 2 ވަނަ: އާޔަތުﷲ އަލީ / އަފީފުއްދީން ސްކޫލް
- 3 ވަނަ: މުހައްމަދު ލަސަން ފަޟީލް / އަފީފުއްދީން ސްކޫލް

ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ވަނަތަކަށް ދިޔަ ދަރިވަރުން

- 1 ވަނަ: ހުސެއިން ޔާނިމް / އަފީފުއްދީން ސްކޫލް
- 2 ވަނަ: އަމަތުﷲ އަލީ / ޖަލާލުއްދީން ސްކޫލް
- 3 ވަނަ: ރިހާމް މުހައްމަދު ފައިސަލް / ޖަލާލުއްދީން ސްކޫލް

މުބާރާތުގެ އެންމެ މޮޅު 10 ދަރިވަރުން:

- ހުސެއިން ޔާނިމް / އަފީފުއްދީން ސްކޫލް
- އަމަތުﷲ އަލީ / ޖަލާލުއްދީން ސްކޫލް
- ރިހާމް މުހައްމަދު ފައިސަލް / ޖަލާލުއްދީން ސްކޫލް
- އަހުމަދު އަތޫފް މުހައްމަދު / ހދ އޭއީސީ
- އިބްރާހިމް އައުސް / އެމްއެންޔޫ ކުޅުދުއްފުށި ކެމްޕަސް
- ލަޔާލް އަބްދުﷲ އިބްރާހިމް / ޖަލާލުއްދީން ސްކޫލް
- ރަނާ އިބްރާހިމް / ޖަލާލުއްދީން ސްކޫލް
- މުހައްމަދު ފާއިޤް ހުސެއިން ފަހުމީ / އުލޫމުލް ޤުރުއާން ކްލާސް
- އިބްރާހިމް މަލްސޫން މުހައްމަދު / ހދ އޭއީސީ
- ރާނިޔާ އިބްރާހިމް / އެމްއެންޔޫ ކުޅުދުއްފުށި ކެމްޕަސް

މި މުބާރާތުގައި އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލެވެ. އަދި އެންމެ މޮޅު ކުލާހަށް ހޮވިފައިވަނީ އުލޫމުލް ޤުރުއާން ކްލާހެވެ.

މިއަހަރުގެ މުބާރާތުގައި ކުޅުދުއްފުށީ 3 ސްކޫލްގެ އިތުރުން އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުންނާއި، 3 ޤުރުއާން ކުލާހަކުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން ކޮންމެ ސްކޫލަކުން ބަލައިގެން ކިޔެވުމުގެ ގޮފިން 12 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފިން 8 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުން ބައިވެރިވެފައިވަނީ 5 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ.

ބައިވެރިވި ކްލާސްތަކަށް ބަލާއިރު ޢުލޫމުލް ޤުރުއާން ކުލާހުން ބަލައިގެން ކިޔަވާ ގޮފިން 10 ދަރިވަރުން، ނުބަލާ ކިޔެވުމުގެ ގޮފިން 5 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އިޚްލާސް ޤުރުއާން ކުލާހުން ބަލައިގެން ކިޔަވާ ގޮފިން 10 ދަރިވަރުން ބައިވެރިވެފައިވާއިރު ނުބަލާ ކިޔެވުމުގެ ގޮފިން އެއްވެސް ދަރިވަރަކު ބައިވެރިވެފައެއް ނުވެއެވެ. އަދި ބަޝާއިރުލް ޤުރުއާން ކުލާހުން ބަލައިގެން ކިޔަވާ ގޮފިން 10 ދަރިވަރުން، ނުބަލާ ކިޔެވުމުގެ ގޮފިން 3 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތް ބަހާލާފައިވަނީ 6 އުމުރުފުރާއަކަށެވެ. އެއީ 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، އަދި 18 އަހަރުން މައްޗަށެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރެއްވީ މުހައްމަދު ފައިސަލް، ދަނބުގެ/ ދ ރިނބުދޫ، ހުސެއިން ރުޝްދީ، ކަންމަތީގެ/ ނ މިލަދޫ އަދި މުހައްމަދު އަހުމަދު، އެއްމުލިމާގެ، ޏ ފުވައްމުލަކު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355