twitterviber whatsapp telegramfacebookyoutube instagram
17th September 2026

70 ބައިވެރިންނާއެކު ކުލަބް ކޮރަލްސް ފީފާ ކިންގް މުބާރާތް ފަށައިފި

މުޙައްމަދު އަހުމަދު
Apr 9, 2022

ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ބާއްވާ ފީފާ ކިންގް 2022 ޖުމްލަ 70 ބައިވެރިންނާއެކު ރޭ ފަށައިފި އެވެ. މިއީ ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ބާއްވާ މީގެ 3 ވަނަ މުބާރާތެވެ.

ކުލަބް ކޮރަލްސްއިން ހާމަކުރާ ގޮތުގައި މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގެ ފީފާ ގޭމް ކުޅޭ ކޮމިއުނިޓީއަށް ވާދަކުރުމުގެ ޕްލެޓްފޯމެއް ހޯދައިދިނުމާއި މިކުޅިވަރުން ހުނަރުވެރިން އުފެެއްދުމާއެކު މިމުބާރާތުގެ ތެރެއިން ރަށުގެ އެކި ހިސާބުތަކަށް ނިސްބަތްވާ ޒުވާނުންގެ މެދުގައި ގުޅުން ބަދަހި ކުރުމެވެ.

މިމުބާރާތުގައި މިފަހަރު ޖުމްލަ 70 ބައިވެރިން ބައިވެރިވެފައިވާއިރު ރޭ ފުރަތަމަ ކުޅެވުނީ ކޮލިފިކޭޝަން ރައުންޑެކެވެ. އެ ރައުންޑުން ނަތީޖާ ނުކުންނަ ގޮތަށް ބަލާ 16 ގްރޫޕަށް އެންމެން ބެހިގެންދާނެ އެވެ. ދެން ގްރޫޕް ސްޓޭޖަށް ފަހު ގަދަ 32 އަދި ގަދަ 16 ގެ ބުރެއް ކުޅެވޭނެ އެވެ.

އެއަށްފަހު ދެން އޮންނާނީ ކުއާޓާ ފައިނަލާއި ސެމީ ފައިނަލާއި ފައިނަލެވެ. މިމުބާރާތް ކުރިއަށްދަނީ ކުޅުދުއްފުށީ ކާނިވަލް ރެސްޓޯރަންޓްގަ އެވެ. މިމުބާރާތުގައި ކުއާޓާ ފައިނަލިސްޓުން ފެށިގެން އިނާމު ލިބޭނެ އެވެ.

އެގޮތުން ކުއާޓާ ފައިނަލިސްޓަށް 100 ރުފިޔާ ލިބޭއިރު ސެމީ ފައިނަލިސްޓަށް 33 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ރަނަރަޕަށް 800 ރުފިޔާ ލިބޭއިރު ޗެމްޕިއަނަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293