twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮވިޑުން އަރައިގަނެވުނީ ރައީސް އެ ކަމަށް ދެއްވި އަހައްމިޔަތުން: ނައިބް ރައީސް

ނަބީލާ އިސްމާޢީލް
Apr 9, 2022
1

ކޮވިޑް-19ގެ ބަލިމަޑުކަމުން ރާއްޖެއަށް އަރައިގަނެވުމަކީ، އެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވެވި އެއްބާރުލުމުގެ ސަބަބުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ފާއިތުވީ ދެ ތިން އަހަރު ވޭތުކުރަމުންދިޔައީ ވަރަށް އުނދަގޫ ދުވަސްވަރެއް ކަމަށާއި ކޮވިޑްގެ ދަތި އުނދަގޫ ތަހައްމަލު ނުކުރާ އެއްވެސް ދިވެއްސަކު ނެތް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކޮވިޑުން މިއަދު ރާއްޖެއަށް އަރައިގަނެވިފައިވާއިރު، އޭގެ އެންމެ ބޮޑު ސަބަބަކީ ރައީސް ސޯލިހު އެ ކަމަށް ދެއްވެވި އަހައްމިއްޔަތު ކަން ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުގެ ޕޯޓްތައް ބަންދުކޮށްފައިވަނިކޮށް ވެސް ދިވެހިންނަށް ބޭނުންވާ ބޭހާއި ކާޑާއި ތެޔޮ ފަދަ ޒަރޫރީ ތަކެއްޗަށް ދަތި ނުވާނޭކަން ޔަގީން ކޮށްދެއްވައި، އެ މަސައްކަތް ކުރެއްވީތީ ވެސް ރައީސަށް ހާއްސަ ޝުކުރެއް ނައިބު ރައީސް ވަނީ ދަންނަވައިފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ބޯޑަރު ވެސް ކޮވިޑްގެ ސަބަބުން ބަންދުކުރަން ޖެހުނު ކަން ފާހަގަކުރައްވައި ނައިބު ރައީސް އިތުރަށް ވިދާޅުވީ އެހާ އަވަހަށް ރާއްޖޭގެ ބޯޑަރު ހުޅުވިގެން ދިޔައީ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"ވަރަށް އަވަހަށް އަޅުގަނޑުމެންގެ ބޯޑަރު ހުޅުވާލެވި، އަޅުގަނޑުމެންނަށް ފޮރިން ކަރަންސީ އަޅުގަނޑުމެންގެ ކޭޝްފްލޯ އަޅުގަނޑުމެންގެ އިގްތިސޯދުގެ އެންމެ ވަރުގަދަ ތަނބު ކަމަށްވާ ޓުއަރިޒަމް ހުޅުވާލީ،" ނައިބު ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ އިގްތިސޯދު ފުނޑި، ދިމާވެގެން އުޅޭ ދެރަ ގޮތްތައް ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ރާއްޖެއަށް އެފަދަ ގޮތެއް މެދުވެރިނުވީ މިފަދަ ބުރަ މަސައްކަތްތަކުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355