twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކެންސަރު ބަލި ރާއްޖޭގައި ގިނަ ސަބަބު ދެނެގަތުމަށް ދިރާސާ ކުރަނީ

Apr 9, 2022

ރާއްޖޭގައި ކެންސަރު ބަލި ގިނަ ސަބަބު ދެނެގަތުމަށް ދިރާސާ ކުރަން ފަށައިފި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގައި ކެންސަރު ބައްޔަށް ހުށަހެޅޭ ސަބަބުތައް ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ދިރާސާކުރަން ފަށާފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ނަސީމް ވިދާޅުވީ ކެއުންބުއިމާއި ދިރިއުޅޭ މާހައުލުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

"މި މަސައްކަތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއެކު ރައްޔިތުންނަކީ ސިއްހީ ކަންކަމަށް ހޭލުންތެރިވެ އެ ކަންކަމަށް ފަރުވާ ބަހައްޓާ އަދި ޕެންޑެމިކްތަކާއި ގުދުރަތީ އެކިއެކި ކާރިސާތަކުގައި ވެސް ތިމާވެށި ހިމާޔަތްކުރުމުގައި ވެސް 'ރެޒީލިއަންޓް' ބަޔަކަށް ހެދުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު އެކަނި ވެސް 100 އަށްވުރެ ގިނަ މީހުން މަރުވި އެވެ.

ކެންސަރަށް ހާއްސަކޮށްގެން ލ. ގަމުގައި އަޅާ ހޮސްޕިޓަލް ބޭނުންކުރަން ފެށުމުން، ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެ ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވެސް އެބަހުއްޓެވެ. އެކަމަކު، ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރު ފަރުވާގެ ވަކި ހިސާބުން ޖެހެނީ ރާއްޖެއިން ބޭރަށް ދާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355