twitterviber whatsapp telegramfacebookyoutube instagram
26th October 2025

އުރީދޫ ސުޕަނެޓުގެ ހިދުމަތް ހޯޑެއްދުއަށް

Apr 11, 2022

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑު ހިދުމަތެއް ކަމުގައިވާ، ސުޕަނެޓުގެ ހިދުމަތް ގދ.ހޯޑެއްދޫއަށް މިއަދު ދޭން ފަށައިފިއެވެ.

މިކަމާ ބެހޭ ގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ މިއީ ހޯޑެއްދޫގެ ރައްޔިތުންނަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ގުޅުން ބަދަހި ކުރުމަށް ފަހިވާ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން، އެގޮތުން ދާދި ފަހުން އަޅުގަނޑުމެންގެ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް ވަނީ އަލުން އެކުލަވާލެވިފައި. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ޚިދުމަތް އެކުލެވޭ މި ޕެކޭޖުތަކަަކީ ބާޒާރުގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް،" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ ސުޕަނެޓު ޚިދުމަތަކީ ސިކުންތަކު 100 މެގަބައިޓާ ހަމައަށް ހަލުވި ޚިދުމަތެކެވެ. އެ ޚިދުމަތަށް ދާދި ފަހުން ގެނެވުނު ބަދަލުތަކާއެކު، ފަސްގުނަ އިތުރު ދުވެއްޔާއި، 100 ޕަސެންޓު އިތުރު ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން، "ޑޭޓާ ރޯލްއޯވާ" ޚިދުމަތާއެކު، މަސް ނިމޭއިރު، ބޭނުން ނުކުރެވި ހުންނަ ޑޭޓާ އަނެެއް މަހަށް ގެންދެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355