twitterviber whatsapp telegramfacebookyoutube instagram
21st February 2026

ސީރިޔާއިން ރާއްޖެ ގެނައި އާއިލާ އިތުރު އަށް މަހަށް ބަންދު

Apr 12, 2022

ސީރިޔާގެ ހަނގުރާމަވެރި ސަރަހައްދަކުން ހާލުގައި ޖެހިފައިވަނިކޮށް ރާއްޖެ ގެނައި ދިވެހި ޢާއިލާ، އިތުރު އަށް މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނައި މި އާއިލާ އިދާރީ ބަންދެއްގައި ބޭތިއްބުމަށް މީގެ ކުރިން ކޯޓުން އަމުރުކޮށްފައި ވަނީ މަސް ދުވަހަށެވެ. ކޯޓުން އަނެއްކާވެސް ވަނީ މުއްދަތު އިތުރުކޮށްފަ އެވެ. އެ މީހުން އިދާރީ ބަންދެއްގައި ތިބުމަށް އަމުރުކޮށްފައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

އެ އާއިލާގައި 33 އަހަރުގެ އަންހެނަކާއި، 18 އަހަރުން ދަށުގެ ހަތަރު ކުދިން ހިމެނެއެވެ. އެ އަންހެންމީހާ މީގެ ކުރިން އުޅެފައިވަނީ ސީރިޔާގެ އިދްލިބްގައެވެ. ހަނގުރާމަވެރި އެ ސަރަހައްދުން އެ މީހުން ތުރުކީއަށް ގޮސް، އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ.

އެ އާއިލާ ރާއްޖެ ގެނައުމަށްފަހު ހޯމް މިނިސްޓްރީ އިން ބުނެފައި ވަނީ މިއީ ހަނގުރާމަތަކަށް ދިޔަ ދިވެހި އާއިލާތައް ފުރާނައަށް ނުރައްކާވާ ވަރަށް ގޮސްފައިވާތީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ޒިންމާދާރު ދިވެހީންގެ ގޮތުގައި އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައި ފުރަތަމަ އާއިލާ ކަަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355