twitterviber whatsapp telegramfacebookyoutube instagram
24th June 2026

ތަސްލީމާގެ ބަދިގެ: ކެރެޓް ޖޫސް

ނަބީލާ އިސްމާޢީލް
Apr 16, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ކެރެޓް ޖޫސް ތައްޔާރުކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާގަޑީގައި ބޭނުންކޮށްލަން ވަރަށް ފައިދާހުރި ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:

  • 1 ކެރެޓް
  • 1/2 ލުނބޯ
  • ކުޑަ އިނގުރުކޮޅެއް (ފޮތިކޮށްލާފަ)
  • 3 ސަމްސާ ހަކުރު
  • 1 ތަށި ފެން

ތައްޔާރުކުރާނެ ގޮތް:

ކެރެޓް، ހަކުރު، އަދި ފެން މިކްސްޗަރއިން ގިރާލުމަށްފަހު ފުރާނާލާށެވެ. ޖޫސްއަޅަށް ބޭނުންވާ ތައްޓަށް އިނގުރު އަދި ލުނބޯހުތް އަޅާލާ އޭގެ ތެރެއަށް ފުރޭނި ޖޫސް އަޅާލާށެވެ. މިއީ ފިނިކޮށްލައިގެން ވަރަށް މީރު ޖޫހެކެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355