twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުރީދޫއިން ހަދިޔާކުރާ ފުރަތަމަ ހެލްތް ކިޓް ހޯޑެއްދުއަށް

Apr 16, 2022

ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް މުހިންމު ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސްއިން ނިންމި ނިންމުމުގެ ދަށުން، ފުރަތަމަ ހެލްތް ކިޓް ގދ. ހޯޑެއްދޫ ހެލްތް ސެންޓަރަށް ހަދިޔާ ކޮށްފިއެވެ.

މިއީ ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އުރީދޫގެ އެއްބާރުލުން ދިނުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށް އުރީދޫން ބުނެއެވެ.

މި ކިޓް ތައްޔާރު ކޮށްފައި ވަނީ ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތައް ހިމެނޭ ގޮތަަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަަކަށް މި ކިޓްތައް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައިވާ ހެލްތް ސެންޓަރު އަދި ހެލްތު ޕޯސްޓް ތަަކަށް ހެލްތު ކިޓްތައް ހަދިޔާ ކުރާނެކަން ހާމަކޮށްފަައި ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ކުންފުނީގެ އިސް އޮފިޝަަަލުންނާ އެކު ބޭއްވި ހާއްސަ ބައްދަަލުވުމެއްގަައެވެ.

އެ ބަައްދަލުވުމުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫއާއި ހެލްތު މިނިސްޓްރީގެ ބައިވެރިވުމާ އެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާ ބޭހޭގޮތުން ވަނީ މަޝްވަރާކޮށްފަައެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ހިސާބުތަކުގެ ކައުންސިލްތަކާއި، ރެކްރިއޭޝަނަލް ކްލަބްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގިނަ މުބާރާތްތައް ސްޕޮންސަރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355