twitterviber whatsapp telegramfacebookyoutube instagram
1st August 2026

މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ގެނެސްދޭން ފަށައިިފި

ޚަދީޖާ އާދަމް
Apr 18, 2022

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ފުރަތަމަ ފަހަރަށް ކިޔައިދޭން ފަށައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ގެނެސްދޭން ފަށާފައި މިވަނީ މަޖިލީހުގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތު" ގައި ބައިވެރިވި ދަރިވަރަކު އެކަން ކޮށްދިނުމަށް އެދިފައި ވަނިކޮށެވެ.

އެގޮތުން މިއަދު ބާއްވާ ޖަލްސާ އިން ފަށައިގެން މަޖިލީހުގެ ހުރިހާ ޖަލްސާއަކާއި މުހިއްމު އިވެންޓްތައް ވެސް އިޝާރާތް ބަހުރުވައިން ގެނެސްދޭނެއެވެ.

އިޝާރާތުގެ ބަހުރުވައިން މަޖިލީހުގެ ޖަލްސާ ވަގުތުން ގެނެސްދެނީ އެ ދާއިރާ އިން ރާއްޖޭގެ ތަޖުރިބާކާރެއް ކަމަށްވާ ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355