twitterviber whatsapp telegramfacebookyoutube instagram
5th May 2024

އުރީދޫއިން ސްނެޕްޗެޓާ ގުޅިގެން ރާއްޖޭގެ ރީތިކަން އިސްތިހާރުކުރަނީ

ނަބީލާ އިސްމާޢީލް
Apr 20, 2022

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތައް ކުރުމުގެ ފުރުސަތު ހޯދައިދިނުމުގެގޮތުންނާއި އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ދުނިޔޭގެ މަޝްހޫރު އެޕްލިކޭޝަން ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓް އާ އެކު ޕާޓްނާޝިޕް ހަދައިފިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތް ދުނިޔޭގެ ކަސްޓަމަރުންނަށް އިޝްތިހާރު ކުރުމަށް ސްނެޕްޗެޓް ލެންސް އަދި ރާއްޖެއަށް ހާއްސަ ޖިއޯފިލްޓަރެއް ވަނީ ތައާރަފްކޮށްފައެވެ. އުރީދޫ މޯލްޑިވްސް އިން އެ ފިލްޓާ އަދި ލެންސް ލޯންޗްކޮށްފައިވަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް އުރީދޫއިން ހިންގާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާވެސް ގުޅިގެންނެވެ.

ސްނެޕްޗެޓް ތަޖުރިބާކޮށްލުމަށް، އުރީދޫ މޯލްޑިވްސްއިން ވަނީ ކޮންމެ ދުވަހަކަށް، ހަފްތާއަކަށް، އަދި މުޅި މަހަށް ހާއްސަ ސްނެޕްޗެޓް ޑޭޓާ ޕެކްތަކެއްވެސް ތައާރަފްކޮށްފައެވެ. މީގެ އިތުރުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދެ ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ ތިން މަސް ދުވަހުގެ ޕްރޮމޯޝަންއެއްވެސް ވަނީ ތައާރަފްކޮށްފައެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް *929*1# އަށް ގުޅައިގެން ނުވަތަ "އެސްއެންޕީއެފް" ޖައްސަވާފަ 5555 އަށް އެސްއެމްއެސް އެއް ފޮނުވާލުމުން އެކްޓިވޭޓްވެގެންދާނެއެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު ޙަސަން އަލް ހަމާދީ ވިދާޅުވީ މި ޕާޓްނަރޝިޕްގެ މަޤްޞަދަކީ ކަސްޓަމަރުންނަށް އީޖާދީ ތަޖުރިބާތައް ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ރައްޔިތުންނާއި ވިޔަފާރިތަށް އޭއާރް ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުވުންކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓެކްނޮލޮޖީގެ ފުރިހަމަ މަންފާހޯދުމަށް ހިތްވަރުލިބިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސްނެޕްޗެޓްގެ ކުރިއަރާފައިވާ ޕްލެޓްފޯމް އަދި ޓޫލްސްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް އަޅުގަނޑުމެން މިއަދު މި އިފްތިތާހު ކުރި އައު އޭއާރް ލެންސާއި ޖިއޯފިލްޓާ ފަދަ ގޮތްގޮތުން އަޅުގަނޑުމެންގެ ރީތި ޤައުމު ދުނިޔޭގެ މުޖުތަމައުތަކަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވޭނެ." އޭނާ ވިދާޅުވިއެވެ.

ސްނެޕްޗެޓްގެ ގްލޯބަލް ކެރިއާ ޕާޓްނާޝިޕްސް މެނޭޖާ، ބަޝީރުލް ބޯމެޑައިން ވިދާޅުވީ އެ އެޕްގެ އެންމެ ހާއްސަ ކަމަކީ އޭއާރް އަދި ކެމެރާކަމަށެވެ. އެހެންކަމުން އެ ޓެކްނޮލޮޖީ ގެ ސަބަބުން ދިރިއުޅުން ކުރިއެރުވުމަށާއި، ދަސްކުރުމާއި، އެކްސްޕްލޯކުރުމާއި، ވިޔަފާރި ކުރުމާއި، އާޓް ހެދުމާއި، މިނޫންވެސް އެތައް ކަމެއް ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރާއިރު، އަލަށް ތައާރަފްކުރި ފިލްޓާ އަދި ފްރޭމް ވެގެންދާނީ ރާއްޖެއާއި ރާއްޖޭގެ ސަޤާފަތް އިޝްތިހާރުކުރުމަށް ލިބޭ އިތުރު ފުރިހަމަކަމަކަށެވެ. "ހެލޯ ފްރޮމް ދަ ސަނީސައިޑް" ޖިއޯފިލްޓާ ފަރުމާކޮށްފައިވަނީ ކަދުރު ރުއްތަކާއި ހުދު ކުލައިގެ ވެލި ގޮނޑުދޮށްތައް ފަދަ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެލެމެންޓްތައް ހިމަނައިގެންކަމަށްވާއިރު، ރާއްޖެއަށް ހާއްސަކޮށްފައިވާ އާ އޭއާރް ލެންސްގައި ދައްކުވައިދެނީ ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ސަގާފީ ފޭރާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355