twitterviber whatsapp telegramfacebookyoutube instagram
1st May 2026

ތަސްލީމާގެ ބަދިގެ: އޯޓްސް ސޫޕް

ނަބީލާ އިސްމާޢީލް
Apr 21, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ އޯޓްސް ސޫޕް ތައްޔާރު ކުރާނެ ގޮތެވެ. އޯޓްސް އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކާނާ އެކެވެ. އަދި ކުޅިކޮށް އޯޓްސް ސޫޕް ކައްކާލައިގެން ވަރަށް މީރުވާނެ އެވެ.

ބޭނުންވާ ތަކެތި:

  • 1/2 ޖޯޑު އޯޓްސް
  • 1/2 ޖޯޑު ވަޅޯމަސް (ތުނިކޮށް ކޮށާފަ)
  • 4 ޖޯޑު ފެން
  • 2 ސ ސަމްސާ ލޮނުމެދު (ހިމުންކޮށް ކޮށާފަ)
  • ހިކަނދިފަތް
  • 1/2 ސ ސަމްސާ މުގުރި އަސޭމިރުސް
  • ލޮނު
  • 1 ސ ސަމްސާ ލޮނުމިރުސް
  • 1 ފިޔާ (ކޮށާފަ)
  • 1/2 ގިތެޔޮ މިރުސް (ކޮށާފަ)

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެން އެޅުމަށްފަހު ފިޔާ، ގިތެޔޮމިރުސް، ހިކަނދިފަތް، ލޮނުމެދު، ރަހަލާވަރަށް ލޮނު އަޅައިގެން ކައްކާލާށެވެ. ދެން އޯޓްސް އަދި ވަޅޯމަސް އަޅާށެވެ. އަދި ލޮނުމިރުސް އަޅާ އޯޓްސްކޮޅު ރޯފިލަންދެން ކައްކާލާށެވެ. މާ ބޮޑަށް އޮލަވާނަމަ އިތުރު ފެންފޮދެއްވެސް އެޅިދާނެ އެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355