twitterviber whatsapp telegramfacebookyoutube instagram
26th October 2025

އުރީދޫން މިއަހަރުވެސް ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުން ބަހަނީ

Apr 23, 2022

އުރީދޫ މޯލްޑިވްސްއާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް ގުޅިގެން މާލޭގައި ދިރިއުޅޭ ބިދޭސިންނަށް ރޯދަ ވީއްލުން ބަހައިފިއެވެ.

ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު އުރީދޫ އިން ބިދޭސީންނަށް އިފްތާރު ޕެކު ބަހައެވެ. މާލެއާއި ހުޅުމާލޭގައި ހިންގާ މި ހަރަކާތުގައި މި ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަށް ރޯދަ ވީއްލާނެ ތަކެތި ފޯރުކޮށްދެވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސިންގެ ހައްގުގައި މަސައްކަތްކުރާ އެންޖީއޯއެއް ކަމަށްވާ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން މިދިޔަ އަހަރު ވެސް އުރީދޫން ރޯދަ ވީއްލުން ބަހާފައިވެއެވެ.

އެގޮތުން އުރީދޫން ވަނީ މިއަހަރު މިހާތަނަށް 500 މީލް ޕެކްސް ބަހާފައެވެ.

އެ ހަރަކާތަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސްއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެ ހަރަކާތުގައި އާންމުންނަށް ބައިވެރިވެވޭނެ އިންތިޒާމުވެސް އެ ޖަމްޢިއްޔާއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އިފްތާރް މީލް ޕެކެއް ހަދިޔާކުރުމަށް ބޭނުންވާ މީހުންނަށް އެ ޖަމްޢިއްޔާއާ ގުޅިގެން އެކަން ކުރިއަށް ގެންދެވޭނެއެވެ.

އެ ހަރަކާތަށް ވީހާވެސް ގިނަ މީހުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އުރީދޫ އާއި މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސްގެ އިތުރުން، އެ ހަރަކާތުގައި ދެން ބައިވެރިވާ ދަ ސްޕޭސްއިން ވެސް ވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355