twitterviber whatsapp telegramfacebookyoutube instagram
1st August 2026

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާ މެމްބަރުން ޗުއްޓީއަށް

ނަބީލާ އިސްމާޢީލް
Apr 26, 2022

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. އެ އަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބޭނެ އެވެ.

މިދިޔަ ދައުރުގައި މަޖިލީހަށް ޖުމުލަ ހުށަހަޅާފައި ވަނީ 131 މައްސަލަ އެވެ. އޭގެ ތެރެއިން ނިމިފައި ވަނީ 65 މައްސަލަ އެވެ. ޖުމުލަ މަސައްކަތުން ހާސިލް ކުރެވުނީ 49.6 ޕަސެންޓު ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ދައުރުގައި ހުށަހެޅުނު 28 ބިލުގެ ތެރެއިން، ދައުރު ނިމުނު އިރު އަށް ބިލެއްގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައެވެ. ދިހަ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ނިމިފައިވަނީ ދެ ގަރާރެއްގެ މަސައްކަތެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ދައުރުގައި 35 ޖަލްސާ ބާއްވާފައިވާއިރު މެންބަރުން ވަނީ ޖަލްސާތަކުގައި 71 ގަޑިއިރާއި 11 މިނެޓް ހޭދަކުރައްވައިފައެވެ. ފުރަތަމަ ދައުރުގައި ބާއްވައިފައިވަނީ 170 ކޮމިޓީ ބައްދަލުވުމެވެ. އެއީ 134 ގަޑިއިރާއި 18 މިނެޓެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގައި ވަނީ އެކި މައްސަލަތަކާ ގުޅޭ 49 ސުވާލު ސަރުކާރަށް ފޮނުވައިފަ އެވެ. އޭގެ ތެރެއިން ނިމުނީ 26 ސުވާލަކާ ގުޅޭ ކަންތައްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355