twitterviber whatsapp telegramfacebookyoutube instagram
8th November 2026

"ނަލަ ނަލަ ރާއްޖޭ" ފާޓްނަރަކަށް އުރީދޫ

Apr 28, 2022

މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ކުރިއަށް ގެންދާ ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖުގެ އެސޯސިއޭޓް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މި ޗެލެންޖަކީ ލިޕް ސިންކްކުރާ ސޯޝަލް މީޑިއާ މުބާރާތެކެވެ. މި މުބާރާތުން މޮޅުވާ ފަރާތަކަށް ފައިސާގެ އިނާމުގެ އިތުރުން ހޮލިޑޭ ޕެކޭޖްވެސް ލިބިގެންދާނެއެވެ.

އުރީދޫއިން ވަނީ އެ ކުންފުނިން ހިދުމަތްދޭ 10 ގައުމުގައިވާ 117 މިލިއަނަށްވުރެ ގިނަ މީހުންނަށް ވީޑިއޯ ޗެލެންޖް ޕްރޮމޯޓްކުރުމަށް ނިންމާފައެވެ. އެގޮތުން ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށާއި ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލާފައިވާއިރު ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކް ބޭނުންކޮށްގެން ޗެލެންޖުގައި ބައިވެރިވެވޭނެއެވެ. ލިޕް ސިންކު ކުރަން ޖެހެނީ ނަލަ ނަލަ ރާއްޖޭގެ ތީމް ލަވައަށެވެ.

ޗެލެންޖުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ ދިވެހިންނާއި ބޭރު މީހުން ވަކިންނެވެ. އެގޮތުން ނަސީބު ވެރިއަކަށް ދިވެއްސަކަށް 25،000 ގެ ފައިސާގެ އިނާމާއި އުރީދޫ މައިފައިއެއް ލިބޭނެއެވެ. އަދި ރާއްޖޭ ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް ހޮލިޑޭ ޕެކޭޖަކާއެކު އުރީދޫ މައިފައިއެއް ލިބޭނެއެވެ.

މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު 30 ޖޫންގެ ނިޔަލަށް ހުޅުވާލާފައިވާއިރު ކޮންމެ ބައިވެރިއަކަށްވެސް ގިނަވެގެން ޕޯސްޓް ކުރެވޭނީ 3 ވީޑިއޯއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293