twitterviber whatsapp telegramfacebookyoutube instagram
8th May 2026

ތަސްލީމާގެ ބަދިގެ: ބިންބި ފޮޅި

Apr 30, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ބިންބި ފޮޅި ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 100ގ ފުށް
  • 1 ފިޔާ (ހިމުންކޮށް ކޮށާފަ)
  • 1/2 ޖޯޑު ހުނި
  • 1/2 ޖޯޑު ވަޅޯމަސް (ތުނިކޮށް ކޮށާފަ)
  • 1/2 ސައިސަމުސާ ގިތެޔޮމިރުސް (ހިމުންކޮށް ކޮށާފަ)
  • ހިކަނދިފަތް (ކޮށާފަ)
  • ލޮނު
  • 1/2 ޖޯޑު ފެން
  • 1 ލުނބޯގެ ހުތް
  • 1/2 ސަމުސާ މުގުރި ދިރި
  • 1/2 ސަމުސާ މުގުރި އަސޭމިރުސް
  • 1 ސައިސަމުސާ ރިހާކުރު

ތައްޔާރުކުރާނެ ގޮތް:

ފިޔާ، މިރުސް، ލުނބޯ ހުތް، ވަޅޯމަސް، ހިނކަދިފަތް، ރިހާކުރު، ގިތެޔޮމިރުސް، ދިރި އަދި އަސޭމިރުސް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު ހުނި އަދި ރަހަލާވަރަށް ލޮނު އަޅާ މޮޑެލާށެވެ. އެއަށްފަހު ބިންބި ފުށްކޮޅު އެއްކޮށްލާށެވެ. ކުޑައޮލަކަމެއް ހުންނަ ވަރަށް ފެންއަޅާ މޮޑެލާށެވެ. ދެން ތަތްނުލަވާ ތަވައެއްގައި ފޮޅި ފިހެލާށެވެ. މިއީ ވަރަށް މީރު ހެދިކާއެކެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355