twitterviber whatsapp telegramfacebookyoutube instagram
5th October 2026

ދިއްދޫ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފި

May 4, 2022

ހއ. ދިއްދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީި)އާ ހަވާލުކޮށްފި އެވެ.

ދިއްދޫ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. މަޝްރޫއުގެ އަގަކީ 108.5 މިލިއަން ރުފިޔާ އެވެ.

ދިއްދޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން 5.4 ކިލޯ މީޓަރު މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއުގެ ދަށުން ވެސް މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ޖަހާނެ އެވެ.

ދިއްދޫގެ އިތުރުން ގއ ވިލިނގިލި މަގުތައް ހެދުމަށްވެސް އާރުޑީސީއާއި ވަނީ ހަވާލުކޮށްފައެވެ. އެއީ 490 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293