twitterviber whatsapp telegramfacebookyoutube instagram
25th October 2025

ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ: މެޓް އޮފީސް

ނަބީލާ އިސްމާޢީލް
May 10, 2022

ރާއްޖެއަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފި އެވެ. މެޓު އޮފީހުން ރޭ ބުނެފައިވަނީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑުން އިއްޔެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް އެ އިދާރާއިން ބަލަނީ ހާއްސަ މިންގަނޑެއްގެ ތެރެއިން، ކޮންމެ އަހަރެއްގެ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވާރޭ ވެހޭ މިންވަރާއި އަދި ވައި ހުންނަ ބާރުމިނަށް ބަލައިގެންނެވެ. ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރާ ކަމަށް މެޓުން ބުނެއެވެ.

މެޓުން މޫސުން ބަދަލުވާ ގޮތާއި ގުޅޭގޮތުން ބުނީ ފުރަތަމަ ދެކުނަށް ހުޅަނގު މޫސުން ފެށޭއިރު އެ މޫސުމުގެ އަސަރު މެދު ރާއްޖެ ތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ކަމަށެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ކަމަށް ބަލަނީ ޖެނުއަރީ މަހުން ފަށައިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ފެށޭ ކަމަށް ބަލަނީ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355