twitterviber whatsapp telegramfacebookyoutube instagram
9th June 2026

ކުމުންދޫގައި ވައްކަން އާންމުވުމުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަބްދުލް ވާހިދު ޙަސަން
May 11, 2022

ހދ ކުމުންދޫގައި މިހާރަކަށް އައިސް ވައްކަން އާންމުވެ މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭތީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ކައުންސިލުން މިއަދު ބުނީ ވައްކަން އާންމުވެ މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އެހެންވުމުން ނަގުދު ފައިސާ ގިނަ އަދަދަކަށް ބެހެއްޓުމުގެ ބަދަލުގައި ބޭންކްގައި ރައްކާކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މީހުން ގޭގައި ނުތިބޭ ވަގުތުތަކުގައި ދޮރުތައް ރަނގަޅަށް ތަޅުމާފައި ހުރި ތޯ ޔަގީންކުރުމަށްވެސް އިލްތިމާސްކުރެ އެވެ.

މިފަދަ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ކައުންސިލުން އެދިފައިވެ އެވެ.

ކައުންސިލުން ބުނީ ވިޔަފާރިކުރާ ފަރާތްތަކުން ސީސީޓީވީ ކެމެރާ ހަރުކުރުމާއި މުދަލަށް ރައްކާތެރިވުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށެވެ.

އަދި ކައުންސިލަށް ހުށަހެޅޭ މިފަދަ މައްސަލަތައް ފުލުހުންގެ ސަމާލުކަމަށް ގެނެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާކަމަށްވެސް އެ ކައުންސިލުގެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355