twitterviber whatsapp telegramfacebookyoutube instagram
21st September 2026

ޔޫއޭއީގެ ރައީސް އަވަހާރަވެއްޖެ

ނަބީލާ އިސްމާޢީލް
May 14, 2022

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެއްޖެއެވެ.

ނަހްޔާން އިއްޔެ އަވަހާރަވީއިރު އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގަތީ އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރުވުމުންނެވެ.

ރައީސް އަވާހަރަވުމުގެ ހިތާމައިގައި އިއްޔެއިން ފެށިގެން 40 ދުވަހަށް އެގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކޮށް، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ އޮފީސްތައް ތިން ދުވަހަށް ބަންދު ކުރާނެ ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރިއެވެ.

ޝައިޚް ޚަލީފާއަށް 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހި، ސާޖަރީއެއް ހެދި ފަހުން ރައީސްގެ ގިނަ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނެވީ ކޮއްކޯފުޅު އަދި އަބޫދާބީގެ ވަލީ އަހުދު ޝައިޚް މުޙައްމަދު ބިން ޒައިދުއެވެ.

ޔޫއޭއީގެ ދެވަނަ ރައީސްގެ ގޮތުގައި ޝައިޚް ޚަލީފާ އެ މަގާމަށް އައްޔަން ކުރީ 2004 ވަނަ އަހަރެވެ. އެގައުމުގެ ފުރަތަމަ ރައީސަކީ ގައުމުގެ ބާނީ އަދި ޝައިޚް ޚަލީފާގެ ބައްޕާފުޅު ޝައިޚް ޒައިދު އަލް ނަހްޔާންއެވެ.

ޝައިޚް ޚަލީފާ އަވަހާރަވުމުން ރައީސް ކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ. އެއީ، ހަތް އެމިރޭޓްސްގެ ވެރިން ހިމެނޭ ފެޑެރަލް ކައުންސިލުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އާ ރައީސަކު އައްޔަން ކުރަން ދެނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293