twitterviber whatsapp telegramfacebookyoutube instagram
18th September 2026

އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް މޫސުން ގޯސްވާނެ

ނަބީލާ އިސްމާޢީލް
May 15, 2022

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް )އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ އުތުރާއި މެދުތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު 08:15 އިން ފެށިގެން 14:00 އާހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ބުނެ އެވެ.

އުތުރާއި މެދުތެރޭގެ ހިސާބުތަކަށް އާންމުގޮތެއްގައި ކަނޑުގަދަވާނެތީ ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293