twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންޑިއާއިން އެކްސްޕޯޓް ހުއްޓާލިޔަސް ރާއްޖެއަށް ފުށް ލިބުމުގެ ދަތިކަމެއް ނޫޅޭނެ: އެސްޓީއޯ

ޚަދީޖާ އާދަމް
May 15, 2022

އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް ރާއްޖެއަށް ފުށް ލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން މިއަދު ބުނެފިއެވެ.

އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ހުކުރު ދުވަހު ނެރުނު ނޯޓިސްއެއްގައި ބުނީ ގޮދަން ފުށުގެ އާ ޝިޕްމަންޓްތައް ވަގުތުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިވުމަށް ހާލުގައި ޖެހިފައިވާ ގައުމުތަކަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.

އެގައުމުން ފުށް އެކްޕޯޓްކުރުން ހުއްޓާލީ ޔޫކްރެއިންގެ ހަނގުރާމައާއި ހޫނު ގަދަވުމުގެ ސަބަބުން ދިމާވި ކަންކަމާހުރެ ގޮދަންފުށް އުފެއްދޭ މިންވަރު ދަށްވުމުން ނެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި ގޮދަން ފުށުގެ ރަނގަޅު ރިޒާވެއް މިވަގުތު ވެސް އެބަހުރިކަމަށެވެ. ރާއްޖެއަށް ގޮދަން ފުށް އެތެރެ ކުރަނީ ހަމައެކަނި އިންޑިއާއިން ނޫން ކަމަށާއި ތުރުކީން ވެސް އެތެރެ ކުރާތީ ރާއްޖެ ފުށަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އިންޑިއާއިން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ގޮދަން ފުށް އުފައްދާ ގައުމެވެ. އެންމެ ގިނައިން ގޮދަން ފުށް އުފައްދަނީ ޗައިނާއިންނެވެ. ތިން ވަނައަށް ރަޝިއާއިން އުފައްދާއިރު ހަތަރު ވަނައަށް އެންމެ ގިނައިން ގޮދަން ފުށް އުފައްދަނީ އެމެރިކާއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355