twitterviber whatsapp telegramfacebookyoutube instagram
29th April 2026

ސިޓީ ކައުންސިލްގެ އިލްތިމާސްއެއް: ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދީ!

ނަބީލާ އިސްމާޢީލް
May 17, 2022

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަވަޔާއި ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ގަދަ ވަޔާއިއެކު ވިއްސާރަކުރާ ދުވަސްވަރަކަށްވާތީ، ރުއްރުކުން ހިކިފަނާއި ކާށި އަދި ގަސްގަހުން ހިކިފައިވާ ގޮފި ފަދަ ތަކެތި ވެއްޓެމުންދާކަމަށެވެ.

އެހެންކަމުން ގޯތިގެދޮރުގައި ހުންނަ ރުއްތައް ސާފުކޮށް، ގަސްގަހުގައި ހިކިފައި ނުވަތަ ވަޔާއިއެކު ފަސޭހައިން ވެއްޓޭގޮތަށް ހުރި ގޮފިތައް ކޮށާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާކަމަށެވެ.

މީގެ އިތުރުން އުސްކޮށް ހުރި އިމާރާތްތަކުގެ ޓެރަސް ނުވަތަ ބެލްކަނި ފަދަ ތަންތަނުގައި ވަޔާއިއެކު އެއްލާލާފަދަ ގޮތަކަށް ބެހެއްޓިފާހުރި ތަކެތި ރަނގަޅަށް ހައްޔަރުކޮށް ރައްކާތެރި ގޮތަކަށް ބެހެއްޓުމަށާއި، ފުރާޅު ނުވަތަ ބިއްގަނޑު ފަދަ ތަންތާ ޖަހާފައި ހުންނަ ޓިނު އަދި ފިލާ ފަދަ ތަކެތި ވަޔާއެކު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމަށްވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

މިފަދަ ކަންކަމުގައި އެންމެހާ ރައްޔިތުން އެއްބާރުލުން ދެއްވާ ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355