އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން "އިސްރަށްވެހިޕްލޭން" ގެ ނަމުގައި 30 ޕަސެންޓްގެ ޑިސްކައުންޓާއި ހިލޭ ޑާޓާގައި ވައިބާ ބޭނުން ކުރެވޭނެ ޕޯސްޓް ޕެއިޑް ޕެކޭޖެއް އުރީދޫން ތައާރަފް ކޮށްފި އެވެ.
އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފްކުރި "އިސްރަހަވެހިޕްލޭން" އަކީ މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ.
މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާ ފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕްލޭނެކެވެ.
މި ޕެކޭޖު މިއަދު އިފްތިތާހްކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އުރީދޫގެ ސީނިއާ ސިޓިޒަން ޕޯސްޓްޕެއިޑް އޮފަ އާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އިންޓަނެޓް މިއަދު މިވަނީ ވަރަށް ހަލުވިކަމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވެފައި ކަމަށާއި ޓެކްނޮލޮޖީއަށް މިއަދު އެންމެންވެސް ބަރޯސާވެފައިވަނީ ހަމައެކަނި މުވާސަލާތު ކުރުމަށް އެކަނި ނޫން ކަމަށެވެ. އެގޮތުން މައުލޫމާތު ހޯދައި، އިގްތިސޯދު ކުރިއެރުވުމަށާއި، ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މިއަދު މުހިއްމު ރޯލެއް އަދާކުރާ ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުން ވަރަށް މުހިއްމު ކަމުގައި ހާލިދު ވިދާޅުވި އެެވެ.
"އެގޮތުން މިއަދު މި ތައާރަފްކުރެވުނު އިސްރަށްވެހިންގެ ޕެކޭޖަކީ އުމުރުން ދުވަސްވީ މީހުނަށް ހާއްސަ ޕެކޭޖެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރުކޮށް، އާ ފުރުސަތުތަކާ ގުޅުވާލަ ދިނުން. ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމި ތިބޭނަން." ހާލިދު ވިދާޅުވި އެވެ.
ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހާ ގުޅިގެން އިސްރަށްވެހިންނަށް ޑިސްކައުންޓް ލިބޭ އަދި ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބޭ ހާއްސަ ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފްކުރި "އިސްރަހަވެހިޕްލޭން" އަކީ މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫ އިން ހިންގާ ހަރަކާތްތަކުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ.
މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާ ފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕްލޭނެކެވެ.
މި ޕެކޭޖު މިއަދު އިފްތިތާހްކޮށްދެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އުރީދޫގެ ސީނިއާ ސިޓިޒަން ޕޯސްޓްޕެއިޑް އޮފަ އާއި އެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އިންޓަނެޓް މިއަދު މިވަނީ ވަރަށް ހަލުވިކަމާއެކު ދިރިއުޅުމުގެ އަސާސީ ބޭނުމަކަށްވެފައި ކަމަށާއި ޓެކްނޮލޮޖީއަށް މިއަދު އެންމެންވެސް ބަރޯސާވެފައިވަނީ ހަމައެކަނި މުވާސަލާތު ކުރުމަށް އެކަނި ނޫން ކަމަށެވެ. އެގޮތުން މައުލޫމާތު ހޯދައި، އިގްތިސޯދު ކުރިއެރުވުމަށާއި، ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ތަކެއް ފޯރުކޮށްދިނުމަށްވެސް ޓެކްނޮލޮޖީ މިއަދު މުހިއްމު ރޯލެއް އަދާކުރާ ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން ޑިޖިޓަލް ކުރިއެރުންތަކުގެ މަންފާގައި ހުރިހާ އުމުރެއްގެ މީހުން ޝާމިލުކޮށް ކަށަވަރު ކުރުން ވަރަށް މުހިއްމު ކަމުގައި ހާލިދު ވިދާޅުވި އެެވެ.
"އެގޮތުން މިއަދު މި ތައާރަފްކުރެވުނު އިސްރަށްވެހިންގެ ޕެކޭޖަކީ އުމުރުން ދުވަސްވީ މީހުނަށް ހާއްސަ ޕެކޭޖެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިހާރަށްވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އެބޭފުޅުންގެ ބައިވެރިވުން އިތުރުކުރުކޮށް، އާ ފުރުސަތުތަކާ ގުޅުވާލަ ދިނުން. ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމި ތިބޭނަން." ހާލިދު ވިދާޅުވި އެވެ.
އިސްރަހަވެހިންގޭ ޕެކޭޖް މެދުވެރިކޮށް އުރީދޫގެ 60 އަހަރުން މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން 30 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މީގެއިތުރުން އާއިލާއާއި ރައްޓެހިންނާ ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެ އެވެ. އަދި މި ޕެކޭޖަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ ގޯލްޑް މެމްބާޝިޕާ އެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފާ ތައްވެސް ލިބިގެންދާނެ އެވެ.
އިސް ރަށްވެހިންގެ ޖިސްމާނީ، އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު އިތުރުކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރު ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.
ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫއިން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުދި ބޮޑު އެންމެހައި ބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތުތަކާއި ގުޅުވާލަދިނުމުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް އުރީދޫ އިން ދީފައިވެ އެވެ.