twitterviber whatsapp telegramfacebookyoutube instagram
12th August 2026

ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 18, 2022

ބޯކޮށް ވާރޭވެހި ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެއްޖެ އެވެ. ފެންބޮޑުވެފައިމިވަނީ މިއަދު މެންދުރުފަހު 2:00 ޖެހިއިރު އައި ވިލާގަނޑެއްގައި އެވެ.

ބައެއް ސަރަހައްދުތަކުގައި ފޫޓަކަށް ފެންބޮޑުވެފައިވާއިރު ހިނގާ ބިނގާވެ ނޫޅެވޭވަރަށް މުޅި ރަށުގައި އެއްކޮށް އޮތީ ފެންގަނޑު ބޮޑުވެފަ އެވެ.

އެކަމަކު އަދި މިހާތަނަށް ފެންބޮޑުވެގެން ކިތަށް ގެއިން ރިޕޯޓްކުރިކަމުގެ މައުލޫމާތެއް ނުލިބެ އެވެ. މިވަގުތުވެސް ކުޅުދުއްފުއްޓަށް ދަނީ ވާރޭވެހެމުންނެވެ.

ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުއްޓަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު ރަށުގެ ގިނަ ސަރަހައްދުތަކަކުން ޕަންޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ކުރެވި އަދި މިވަގުތުވެސް އެސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތުގައި ދިވެހި ރެޑް ކްރެސެންޓް، މޯލްޑިވްސް ނޭޝެނަލް ކެޑޭޓް ކޯޕްސް، ކުޅުދުއްފުށި ޕަބްލިކް ވޯކްސް އަދި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ސިޓީ ކައުންސިލުން ޝުކުރުއަދާކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355