twitterviber whatsapp telegramfacebookyoutube instagram
29th March 2024

7 ގެއަކަށް ފެންވަދެ ގެއްލުންވި، ތިން ސަރަހައްދަކުން ފެން ހިއްކަނީ

އަބްދުލް ވާހިދު ޙަސަން
May 18, 2022
1

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ހިނގި ހާދިސާގައި މިހާތަނަށް 7 ގެއަކަށް ފެންވަދެ ގެއްލުންވިކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މެންދުރުފަހު އައި ބޯ ވިއްސާރަ ވިލާގަނޑެއްގައި ކުޅުދުއްފުށީގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި އެވެ.

ބައެއް ސަރަހައްދުތަކުގައި ފޫޓަކަށްވުރެ އުސްކޮށް ފެންބޮޑުވިއިރު ފެން ނެތް އެންމެ މަގެއްވެސް ނެތެވެ. މިކަމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ.

ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ކޭއޯއަށް ވިދާޅުވީ، މި ވިއްސާރާގައި 7 ގެއެއްގެ އެތެރެއަށް ފެންގަނޑު ވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ގެތަކުގެ ތެރެއިން އެއް ގެއެއްގައި މީހުން ދިރިނޫޅޭ ވަރަށް ފެންބޮޑުވެފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، ފެންވަދެ ގެެއްލުންވި ގެތަކުގެ އެސިސްމެންޓް ހަދަމުންދާ ކަމަށެވެ.

ތިން ސަރަހައްދެއްގައި ޕަމްޕް ޖަހައި ފެން ހިނދުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ކުރަމުންދާއިރު އެކަމުގައި ހަރަކާތްތެރިވަމުންދިޔައީ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ރެޑްކުރެންސެންޓާއި ކެޑޭޓްގެ ދަރުމަވެރިންނާއި ޕަބުލިކް ވޯކްސް އަދި ފުލުހެވެ.

އެކަމަކު މެންދުރުފަހު އައި ވިލާގަނޑަށްފަހު ގެތަކަށް ފެންވަދެ ގެއްލުންވިފަހުން އެމްއެންޑީއެފުން ނުކުމެ ފެންހިންދުމުގައި ބައިވެރިވި އެވެ. އަދި މީގެ އިތުރުން އެއާޕޯޓްގެ ފަރާތުންވެސް އެހީތެރިކަން ދަނީ ލިބެމުންނެވެ.

ވިއްސާރައާ ގުޅިގެން ފެންބޮޑުވުމުގެ ސަބަބުން އެހީތެރިކަމެއް ބޭނުންވެއްޖެނަމަ ގުޅާނެ ހޮޓްލައިންއެއް ސިޓީ ކައުންސިލުން ވަނީ ގާއިމްކޮށްފަ އެވެ. ހޮޓްލައިން އަކީ 6527173 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355