twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފިހާރަތަކުން ދޭ ކޮތަޅު ގަންނަން މަޖުބޫރުކުރާ ގާނޫނެއް ހަދަނީ

ޚަދީޖާ އާދަމް
May 18, 2022

ފިހާރަތަކުން ވިޔަފާރި ކުރުމުން ދޭ ޕްލާސްޓިކް ކޮތަޅު ގަންނަން މަޖުބޫރުވާ ގޮތަށް ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ލެވީގެ ވަރު ހިމަނަން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށައެޅީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާޝިދެވެ. ރާޝިދުގެ ބިލުގައި ބުނީ، ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ ކޮންމެ ވިޔަފާރިއަކުން ވެސް މީރާ އަށް ދައްކަން ޖެހޭނެ ކަމަށެވެ.

ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގައި ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ދޭ ނަމަ 5،000ރ. އާއި 50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައި ބުނެ އެވެ.

ކޮތަޅު ހިލޭ ލިބޭނެ ހާލަތްތަކެއްވެސް ބިލުގައި ހިމަނާފައި ވެއެވެ. އެގޮތުން ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރި، ބަންދު ނުކޮށް ހުންނަ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅު، ންދު ނުކޮށް ހުންނަ ހަނޑޫ، ހަކުރު އަދި ފުށް އެޅުމަށް ބޭނުން ކުރާ ކޮތަޅު، 50 އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އަދި ކުނި މެނޭޖް ކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅުން ފައިސާއެއް ނުނެގޭނެ އެވެ.

ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ގާނޫނަށް އަމަލު ކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް އެ ބިލުގައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355