twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަނިމާދޫ ސްކޫލް ފާރުގައި އިންޑިއާ އައުޓް ލިޔުމުން ކައުންސިލުން އެކަން ކުށްވެރިކޮށްފި

ނަބީލާ އިސްމާޢީލް
May 22, 2022

ހދ. ހަނިމާދޫ ސްކޫލްގެ ބޭރުފާރުގައި ބަޔަކު "އިންޑިއާ އައުޓް" ލިޔެފައިވާތީ ހަނިމާދޫ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ހަނިމާދޫ ކައުންސިލުން ނެރުން ނޫސްބަޔާނުގައި ވަނީ އެ އަމަލަކީ ސަރުކާރުން އެރަށުގައި އަލަށް އިމާރާތް ކުރުމަށް ނިންމާފައިވާ ޒަމާނީ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ ކަމެއްކަމަށެވެ. ކައުންސިލުން ބުނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ހިންގާ ސިލްސިލާ ސިޔާސީ ހަރަކާތް އިންޑިއާ އައުޓް ގެ ބަސްތައް ބޭނުންކޮށްގެން ހިންގާފައިވާ އެ އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ މިފަހަކަށް އައިސް ހަނިމާދޫގެ ސަރުކާރު މުއައްސަސާތަކުގެ ފާރުތަކުގައާއި ދައުލަތަށް ނިސްބަތްވާ މުދަލުގައި

މި ސިޔާސީ ހަރަކާތުގައި ބޭނުންކުރާ ބަސްތައް ބޭނުންކޮށް އަދި ބެނާ ފަދަތަކެތި އާއްމު ތަންތާގައި ކައުންސިލުގެ ހުއްދަ ނެތި ބޭނުންކޮށްފައި ވާކަމަށާއި ހަނިމާދޫގައި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ތާރު މަގުތަކުގައި ތާރުގަނޑު ހަލާކުވާގޮތަށް އެ ހަރަކާތުގެ ބަސްތައް ލިޔެފައިވާކަން ވެސް ފާހަކޮށްފައިވެ އެވެ.

މިކަމުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައި ނަފްރަތު އުފެދި މުޖުތަމައުގެ އާއްމު މަސްލަހަތު ގެއްލެމުންދާކަމާށް އެ ބަޔާނުގައިވެއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެރަށަކީ ސުލްހައަށް ލޯބިކުރާ އަހުވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި، އަދި އެރަށަކީ ތިލަދުންމަތީގެ ދަތުރުފަތުރު ނާރެސް ކަމަށެވެ.

ހަނިމާދޫއަކީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ދޭސި އަދި ބިދޭސީ ދަތުރުވެރިންނާއި ފަތުރުވެރިން އަރާފައިބާ ރަށެއް ކަމަށާއި ރަށުގައި ގިނަ އަދަދެއްގެ އިންޑިއާ އަދި މިނޫންވެސް އެކިއެކި ގައުމު ތަކުގެ ފަތުރުވެރިން އުޅެމުން ދާކަމަށެވެ.

ހަނިމާދޫ ސުކޫލުގެ އިތުރުން ރަށުގެ އެކިއެކި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކުގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން މިރަށުގައި ގިނަ އަދަކަށް އުޅެމުން ދާކަން ފާހަގަކޮށް މިސިޔާސީ ހަރަކާތުގެ ސަބުން މި ފަރާތްތައް ބިރުވެރި ކަމެއްގެ ތެރޭގައި ވާކަން އެ ފަރާތްތަކުން ކައުންސިލާއި ހިއްސާކޮށްފައިވާކަމަށް ކައުންސިލުގެ ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރަށުގެ މަސްލަހަތު ގެއްލެމުންދާތީ މި ހަރަކާތް ހަނިމާދޫގައި ކުރިއަށް ގެންދިއުމުގައި އެ ކޯލިޝަންއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ މިފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

"މި ހަރަކާތް ހަނިމާދޫގައި ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް މިކައުންސިލުން އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ" ބަޔާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355