twitterviber whatsapp telegramfacebookyoutube instagram
14th June 2026

ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އާންމުކުރަން ފަށައިފި

ޚަދީޖާ އާދަމް
May 22, 2022

ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އިލެކްޝަން ކޮމިޝަނުން އާންމުކުރަން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ފޯމް ދަފްތަރު ކުރުމުގެ ކުރިން، ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ސައްހަ ފޯމެއްތޯ ކަށަވަރު ކުރާނެ ކަމަށެވެ.

އެގޮތުން ފޯމް ހުށަހަޅައިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރު ކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ދެން އިޢުލާން ކުރަމުން ދާނެ އެވެ.

އަދި މީގެ އިތުރުން ފޯމުގައި ދަފްތަރުވާން އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މޯބައިލް ނަމްބަރަށް މެސެޖަކުން އެކަން އަންގާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަންގެ އިޢުލާނުގައި ވެއެވެ.

އެގޮތުން ފުރަތަމަ ލިސްޓް މިއަދު ވަނީ އިއުލާން ކޮށްފައެވެ. މިއަދު އާއްމުކޮށްފައިވާ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކޮށް އަންނަ އާދިއްތަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް އެކަން އެންގުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިފައެވެ. މައި އިދާރާއަށް ފޯމު ހުށަހަޅައިގެން ނުވަތަ ކޮމިޝަންގެ އީމެއިލް، [email protected] އަށް ފޯމު ފޮނުވައިގެންވެސް ޝަކުވާ ހުށައެޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355