twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޒައިނާ

ޚަދީޖާ އާދަމް
May 23, 2022

2021-2020 ވަނަ ދިރާސީ އަހަރުގެ ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ޒައިނާ ހުސައިން ހޮވިއްޖެ އެވެ. ޒައިނާ ވަނީ ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެ ސްކޫލްގެ 2021-2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ހދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ފަޔާޒެކެވެ.

އެގޮތުން އެކި ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ކުމުންދޫ ސްކޫލް ޕްރިންސިޕަލް މުޙައްމަދު އާދަމް، ކުމުންދޫ ހެލްތް ސެންޓަރގެ އެޑްމިނިސްޓްރޭޓަރ، ހެލްތް ސަރވިސަސް ޖައިލަމް ޝާޙް، ކުމުންދޫ ކައުންސިލް މެމްބަރު ޢަލީ ޤާސިމް، ކުމުންދޫ ކައުންސިލް ނާއިބު ރައީސް ޢަލީ އަންވަރު، ކުމުންދޫ ކައުންސިލް ރައީސް އަމީން މުޙައްމަދު، ރައްޔިތުންގެ މަޖިލިސް މަކުނުދޫ ދާއިރާގެ މެމްބަރ މުޙައްމަދު ރާއީ އަދި ޝަރަފްވެރި މެހެމާން، ހދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޔާޒެވެ.

އިތުރު ވަނަތައް ހޯދި ދަރިވަރުން

ޖެނެރަލް ޕްރޮފެސަންސީ ޕްރައިޒް، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް، އަދި ސަބްޖެކްޓް ޕްރައިޒް (ޤުރްއާން، އިކޮނޮމިކްސް، ބަޔޮލޮޖީ) ހާސިލްކޮށްފައިވަނީ ގްރޭޑް 9ގެ ދަރިވަރު ނަދާ އިސްހާގެވެ.

ކްލާސް ޕްރޮގްރެސް ޕްރައިޒް ލިބުނު ދަރިވަރުން ތެރޭގައި ހިމެނެނީ މުހައްމަދު އިފްހާމް އިބްރާހީމް ގްރޭޑް 9، ފާތިމަތު ހައިފާ ޔޫނުސް ގްރޭޑް 9، އަދި ގްރޭޑް 10 ގެ ދަރިވަރު ނިސްފާ އިބްރާހީމެވެ.

ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑް ދަރިވަރުން ތެރޭގައި ހިމެނެނީ ގްރޭޑް 10ގެ ނިސްފާ އިބްރާހީމް ، އާމިނަތު ޒައިނާ ހުސައިން، އަދީބު އަލީ، އަދި އަސްފާގު އަލީއެވެ.

ގްރޭޑް 7 ގެ ބެސްޓް 5 ސްޓޫޑެންޑް ތެރޭގައި ހިމެނެނީ ގެ އާމިނަތު ލަމްސާ އާދަމް، އަޝްފާ އަސްލަމް، އަބްދުﷲ އަޒީން އަހްމަދު، ފާތިމަތު ނަޠީމާ ނާޒިމް، ހުސާން މުހައްމަދު ހިމެނެއެވެ.

ގްރޭޑް 8 ގެ ބެސްޓް 5 ސްޓޫޑެންޑް ގެ ތެރޭގައި ފާތިމަތު ލައިޝާ ނާޒިމް، އާއިޝަތު ރާޔާ މުހައްމަދު، މުހައްމަދު ޒައިން އިބްރާހީމް، ހައްވާ އުމައިޝާ އިބްރާހީމް، އާލިމް އާދަމް ހިމެނެއެވެ.

ގްރޭޑް 9 ގެ ބެސްޓް 5 ސްޓޫޑެންޑް ގެ ތެރޭގައި ނަދާ އިސްހާގް، މުހައްމަދު އިފްހާމް އިބްރާހީމް، ފާތިމަތު ހައިފާ ޔޫނުސް، އާމިނަތު ސުމާ އަލީ، އަހްމަދު އިރުޝާމް މޫސާ ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355