twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފުވައްމުލައް ބަލިކޮށް ޓެކާސް މޯލްޑިވްސް ކަޕުގެ ޒޯން 4 ގެ ޗެމްޕިއަންކަން ވާދޫއިން ހޯދައިފި

މުޙައްމަދު އަހުމަދު
May 25, 2022

ޓެކާސް މޯލްޑިވްސް ކަޕުގެ ޒޯން 4 ގެ ފައިނަލުގައި މިރޭ ގދ. ވާދޫއާއި ޏ. ފުވައްމުލައް ބައްދަލުކުރި މެޗު 2 - 1 ން ކާމިޔާބުކޮށް ޒޯން 4 ގެ ޗެމްޕިއަންކަން ހޯދާ ދެކުނުގެ ފައިނަލަށް ވާދޫ ދަތުރުކޮށްފި އެވެ.

2 - 1 ން ފުވައްމުލަކު ބަލިކޮށް ވާދޫއިން ފައިނަލް ކާމިޔާބުކުރިއިރު މިމެޗުގައި ވާދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ފުވައްމުލަކުން ވެސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް ވާދޫއިން ވަނީ ފުވައްމުލަކުގައި އެރަށް ބަލިކޮށް ދެކުނުގެ ފައިނަލުން ޖާގަ ހޯދާފަ އެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިންއަކަށް ހޮވިފައިވަނީ ވާދޫގެ ޖޯޒީ ނަމްބަރު 10 އަޔާ އެވެ. އަޔާ އަކީ ރާއްޖޭގެ ފުޓްސަލް ކިންގްގެ ގޮތުގައި މަޝްހޫރުވެފައިވާ ފުޓްސަލް ދަނޑުތަކަށް ފަރިތަ ހުނަރުވެރި މޮޅު ކުޅުންތެރިޔެކެވެ.

މިމުބާރާތުގައި ގިނަ ބައެއްގެ ނަޒަރު އަޔާއަށް ހުއްޓޭއިރު ދެން ވާދޫ ގޮވައިގެން އަޔާ ނުކުންނަން ޖެހޭނީ ޒޯން 3 ގެ ފައިނަލުގައި މަހިބަދޫ ބަލިކޮށް ދެކުނުގެ ފައިނަލަށް ދަތުރުކުރި މ. މުލަކާ ދެކޮޅަށެވެ. މުލަކާ ވާދޫ ބައްދަލުކުރާ ފައިނަލު މެޗުން މޮޅުވާ ޓީމަކަށް ދެކުނުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.

އެމެޗުން މޮޅުވާ ޓީމެއް މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާ ފައިނަލުގައި ނުކުންނާނީ އުތުރުގެ ޗެމްޕިއަން ކުޅުދުއްފުއްޓާ ދެކޮޅަށެވެ. ކުޅުދުއްފުށި ރާއްޖޭގެ ފައިނަލަށް ދަތުރުކުރީ ޒޯން 1 ގެ ފައިނަލުގައި މާފަރު ބަލިކުރުމަށް ފަހު އުތުރުގެ ފައިނަލުގައި ދުވާފަރު ބަލިކޮށެވެ.

ފުޓްސަލްގެ ތަރިން ހިމެނޭ ވާދޫ މުބާރާތުގެ މިހިސާބަށް ދަތުރުކުރުމުން މުބާރާތުގެ ފޯރި މިވަނީ އިތުރަށް ގަދަވެފަ އެވެ. ދެކުނުގެ ފައިނަލުގައި މުލަކާ ވާދޫ ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. މާދަމާ ރޭ 20:30 ގައި ވާދޫއާއި މުލައް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވާއިރު މިމެޗު ކުޅެވޭނީ ފުވައްމުލަކު ފުޓްސަލް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355