twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި އުރީދޫގެ ޑިޖިޓަލް ސެންޓަރެއް ގާއިމްކޮށްފި

ޚަދީޖާ އާދަމް
May 25, 2022
2

އުރީދޫ މޯލްޑިވްސްގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމްކޮށްފި އެވެ. އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާރޖްކޮށް، ބިލަށް ފައިސާދެއްކުމުގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ.

އުރީދޫއިން ބުނީ ޑިޖިޓަލް ސެންޓަރުން ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާނެކަމަށާއި މި ސެންޓަރުތަކަކީ ދިވެހިރާއްޖޭގައި މި ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ހަމަ އެކަނި ސެންޓަރުތައްކަމަށެވެ. ކުޅުދުއްފުށި ޑިޖިޓަލް ސެންޓްރު ގާއިމް ކުރެވިފައިވަނީ ހޮސްޕިޓަލްގެ އުތުރުން ވަނި އިމާރާތުގައެވެ.

ޑިޖިޓަލް ސެންޓަރުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި:

- ބިލަށް ފައިސާ ދެއްކުން
- ރީޗާރޖްގެ ހިދުމަތްތައް
- އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ހިދުމަތްތައް

އުރީދޫ މޯލްޑިވްސްއިން 2020 ވަނަ އަހަރު މާރިޗް މަހު ހާއްސަ ހަފްލާއެއް ބާއްވާ، ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ސެންޓަރވަނީ މާލޭގައި އިފްތިތާހު ކޮށްފައެވެ. ހަމަ އެއާއެކު، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދެވަނަ ޑިޖިޓަލް ސެންޓަރެއް ވަނީ ހުޅުމާލޭގައިވެސް ހުޅުވިގެންގޮސްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ހޮދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް އުރީދޫއިން ދަނީ މަސައްކަތްކުރަމުންނެވެ. ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އުރީދޫ މޯލްޑިވްސްއިން އުފައްދާފައިވާ ސުޕަރ އެޕް، އުރީދޫ އެޕް މެދުވެރިކޮށް ސައުވީސް ގަޑިއިރުގެ ކަސްޓަމަރ ސާރވިސްގެ އިތުރުން އެމް-ފައިސާގެ ހިދުމަތްތައް އަދި އީ ކޮމަރސް ޕްލެޓްފޯރމް، މޫލީގެ ހިދުމަތްތައްވެސް ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355