twitterviber whatsapp telegramfacebookyoutube instagram
17th February 2026

އުތުރުގެ އަތޮޅުގެ މިމަހު ވާރޭ ވެހޭ މިންވަރު އިތުރުވާނެ: މެޓް

ޚަދީޖާ އާދަމް
May 28, 2022

އުތުރުގެ އަތޮޅުތަކަށް އާއްމުކޮށް ވާރޭ ވެހޭވަރަށްވުރެ މިމަހު ވާރޭ ވެހޭ ވަރު އިތުރުވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓުން ބުނީ އުތުރުގެ އަތޮޅުތަކުގައި ފިނިހޫނުމިން އާއްމު މިންގަނޑުގައި ހުރި ނަމަވެސް އެހެން ހިސާބުތަކުގައި އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނަކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355