twitterviber whatsapp telegramfacebookyoutube instagram
12th March 2026

މަސައްކަތް މި ކުރަނީ އަންނަ އަހަރު ބޮޑު ތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށުމަށް: މައުސޫމް

ޚަދީޖާ އާދަމް
May 30, 2022
5

އަންނަ އަހަރު ބޮޑު ތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެމަސައްކަތް ފެށުމަށް ފީސިބަލް ޕޮއިންޓްތަކެއްވެސް ހޯދާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުވަނީ ކުރޫޒް ލައިނާތަކަށް ރާއްޖެ އިސްތިހާރުކުރުމަށް މިނިސްޓަރުގެ ވިސްނުންފުޅަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެމަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ކެރީބިއަން ކްރޫޒާވެސް މަޝްވަރާކޮށްފައިކަމަށް އެކަމަށް ކުރިމަގެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކްރޫޒް ޓޫރިޒަމަކީ ރާއްޖެއަށް ފަހިވާންޖެހޭ ޓޫރިޒަމެއް ކަމަށާއި ރާއްޖޭގައި ކްރޫޒްލައިނާތަކަށް ޓާމިނަލެއް ގާއިމުކުރާ ވާހަކައަކީ އޭނާ ފަތުރުވެރިކަމުގެ ދާއިރާއަށް ވެންނެވީއްސުރެ ދެކެވެމުން އަންނަ ވާހަކަ އެއްކަމަށެވެ. ނަމަވެސް ޓާމިނަލެއް ނެތިވެސް އެ ޓޫރިޒަމް ކުރިއަށް ގެންދެވެންޖެހޭނެކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އެ މަސައްކަތް ފެށުމަށް ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އެތެރެވުމަށްފަހު އެމީހަކަށް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދަތުރުކުރެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355