twitterviber whatsapp telegramfacebookyoutube instagram
3rd July 2026

ދިއްދޫއާއެކު އިތުރު 3 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް އިންޑިއާގެ ކުންފުންޏަކަށް

May 30, 2022

ހއ ދިއްދޫއާއެކު އިތުރު 3 ރަށެއްގައި ހޮސްޕިޓަލް އެޅުމަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

ދިއްދޫގެ އިތުރުން ދެން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައި އިމާރަތްކުރާ 50 އެނދުގެ ހޮސްޕިޓަލާއި ރ. އަލިފުށީގައި ހަދަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލެވެ. ދިއްދޫގައި ވެސް އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި އަލިފުށި ހޮސްޕިޓަލާއި ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އަދި ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ހަވާލުކުރީ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) އާ އެވެ.

މިނިސްޓްރީން ބުނީ އެއީ އަންސޮލިސިޓެޑް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އެކަމަށް ފައިނޭންސްކުރަން ހަމަޖައްސާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކުން ބަޔާސް ކްރެޓިޑް ސްކީމްގެ ދަށުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355