twitterviber whatsapp telegramfacebookyoutube instagram
17th September 2026

އަމީރުލްޙައްޖުގެ ގޮތުގައި މިއަހަރު އިސްލާމިކް މިނިސްޓަރު

ނަބީލާ އިސްމާޢީލް
May 31, 2022

މިއަހަރުގެ އަމީރުލްޙައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި އަމީރުލް ހައްޖުގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޒާހިރު ހަމަޖައްސަވާފައި ވާކަމަށެވެ.

ކޮންމެ އަހަރަކުވެސް ދިވެހި ހައްޖުވެރިންގެ ކަންކަމާ ހަވާލުވެވަޑައިގަންނަވާނެ ދައުލަތުގެ އިސް މަސްއޫލްވެރިޔަކު ރައީސް ކަނޑައަޅުއްވައި، ޙައްޖު މޫސުމުގައި ސަޢޫދީއަށް ފޮނުވައެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ އެންމެ 453 ޖާގައެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކޮށްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ.

އަދި ބާކީ 100 ޖާގައަށް އެދުމުގެ ފުރުސަތު ހުޅުވާލާ މިހާރު ފޯމް އަންނަނީ ބަލައިގަންނަމުންނެވެ. މި 100 މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު ނަގާ ގުރުއަތުންނެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދިއުމަށް ޖާގަ ލިބި، ނުދެވޭ މީހުން ވެސް މިއަދުގެ ކުރިން އެކަން އެ ކޯޕަރޭޝަނަށް އެންގުމަށް ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293