twitterviber whatsapp telegramfacebookyoutube instagram
9th December 2022

ދެކުނަށްވުރެ އުތުރުގެ އާބާދީ އަންނަނީ އިތުރުވަމުން: އަމްރު

ޚަދީޖާ އާދަމް
Jun 2, 2022
1

ރާއްޖޭގެ ދެކުނަށްވުރެ އުތުރުގެ އާބާދީ އަންނަނީ އިތުރުވަމުން ކަމަށާއި އާބާދީ އިތުރުވާ މިންވަރާއި ތަރައްގީއާއި އޮންނަނީ ވަރަށް ބޮޑަށް ގުޅިފަކަމަށް ސްޓޭޓް ޓްރެއިނިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު މިހެން ވިދާޅުވީ ތުއްތު ކުދިންނަށް އެސްޓީއޯއިން ދެމުން ގެންދާ ހަދިޔާ ޕެކްތަކުގެ ތަފާސް ހިސާބުތައް އާންމުކޮށް ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން މިހާތަނަށް 9 ހޮސްޕިޓަލެއްގައި އުފަންވި 165 ކުއްޖަކަށް އެސްޓީއޯއިން ހަދިޔާ ޕެކް ދީފައި ވެއެވެ.

ހަދިޔާ ދީފައިވާ ހޮސްޕިޓަލްތަކާއި އަދަދު:

- އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް 50
- ޓްރީޓޮޕް ހޮސްޕިޓަލް 30
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 39
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް 18
- މުލީ ރީޖަނަލް ހޮސްޕިޓަލް 1
- ގަމު ރީޖަނަލް ހޮސްޕިޓަލް 4
- ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް 7
- ފުވައްމުލަކު ހޮސްޕިޓަލް 5
- އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް 11

އަމްރު ވިދާޅުވީ އުތުރުގަ އާބާދީ އާބާދީ އިތުރުވި ނަމަވެސް ދެކުނުގަ އާބާދީ އިތުރުވުން އޮތީ މަޑުޖެހިފައި ކަމަށާއި ދެކުނުގަ އާބާދީ އިތުވާވަރު، އިތުރު ޖެހިފައިވާ ކަމަށެވެ. އެގޮތުން ތަރައްޤީ ވުމާއި އާބާދީ އިތުރުވުމާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފަކަން އަމްރު ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355