twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބަންޑާރަމަގުގައި އިންދި ރަންނިކަ ގަސްތައް ބެލެހެއްޓުމަށް ޖަލާލުއްދީންގެ އިކޯ ކުލަބްއަށް

އަބްދުލް ވާހިދު ޙަސަން
Jun 5, 2022
1

ބަންޑާރަމަގުގައި އިންދި ރަންނިކަ ގަސްތައް ބަލަހައްޓާއި ހެދުމަށް ޖަލާލުއްދީން ސްކޫލްގެ އިކޯ ކްލަބާ ހަވާލުކޮށް ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ފިނިފެހި ސިޓީގެ ދަށުން އިކޯ ކްލަބާ ހަވާލުކުރީ މަގާންމަގާއި މާލިހާމަގުގެ ދެމެދުގެ، ބަންޑާރަމަގުގެ ގްރީން ޒޯނުގެ ސަރަހައްދެވެ. ތިމާވެށީގެ ދުވަހާ ގުޅުވައިގެން އިއްޔެވަނީ އެ ސަރަހައްދުގައި 200 ރަންނިކަ ގަސް އިންދާފަ އެވެ.

އެ ގަސްތައް ބަލަހައްޓާއި ކާނާދީ، ކޮށަން ޖެހޭ ގަސްތައް ކޮށާނީ އިކޯ ކްލަބުންނެވެ. އެކަމަކު އެކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީ ސިޓީ ކައުންސިލުންނެވެ.

ކައުންސިލް މެމްބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވީ، ވިވަގުތަށް އެ ސަރަހައްދުން އެކަނި ބަލަހައްޓަން ހަވާލުކުރިނަމަވެސް މަސައްކަތްތަކަށް ބަލާފައި އިތުރު ސަރަހައްދު ހަވާލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

އަދި އެހެން ބައެއް ސަރަހައްދުތަކުގައި އިންދާފައިވާ ގަސްތައް ބެލެހެއްޓުމުގެ ޝައުގުވެރިކަން ސަރުކާރުގެ ބައެއް އިދާރާތަކާއި ކުލަބް ޖަމިއްޔާތަކުންވެސް ފާޅުކޮށްފައިވާކަމަށެވެ.

އެކަން ޝުކުރުވެރިކަމާއެކު ސިޓީ ކައުންސިލުން ބަލައިގަންނަ ކަމަށާއި އެހެން ސަރަހައްދުތަކުގައި އިންދާފައިވާ ގަސްތައް ކުރިއަށް އޮތްތަނުގައި އެކި ފަރާތްތަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.

އިކޯ ކްލަބާއެކު ދެ އަހަރު ދުވަހަށް ވެވުނު މި އެއްބަސްވުމުގަައި ސޮއިކުރުމަށް މިއަދު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި މޭޔަރު މުހައްމަދު އާތިފް އާއި މެމްބަރު ރިލްވާން މުހައްމަދު، ޖަލާލުއްދީން ސްކޫލް ޕްރިންސިލް އައިމިނަތު މުހައްމަދުގެ އިތުރުން އިކޯ ކުލަބްގެ ދަރިވަރުންނާއި އެސްކޫލުގެ އިސް މަގާމުގައި އުޅޭ ދަރިވަރުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355