twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދެ އަހަރު ތެރޭ ނަފްސާނީ ބައްޔަށް 81،000 މީހުން ފަރުވާ ހޯދައިފި

Jun 8, 2022

އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސި ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އާސަންދަ ސްކީމުގެ ތެރެއިން 81،864 މީހުންނަށް ފަރުވާ ދީފި އެވެ.

އައިޖީއެމްއެޗްގައި "ސެންޓާ ފޯ މެންޓަލް ހެލްތް"ގެ ނަމުގައި މެންޓަލް ހެލްތް ކްލިނިކެއް ހުޅުވާ އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސީ މާޗް 1، 2019 ގައެވެ. އޭގެފަހުން ފެބްރުއަރީ 1، 2020 ގައި ވަނީ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލް ތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށްވެސް އާސަންދަ ސްކީމްގެ ތެރެއިން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

އެގޮތުން ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމެންޓް އަދި ސައިކޮލޮޖިކަލް ތެރަޕީ އާސަންދަ ސްކީމުން ކަވަރުކުރެ އެވެ.

ސްކީމްގެ ދަށުން މި ހިދުމަތްތަކަށް ކަނޑައަޅާފައިވަނީ ކޮންމެ މީހަކަށްވެސް އަހަރަކަށް ޖުމުލަ 5،000 ރުފިޔާ އެވެ. އެހެންނަމަވެސް، އެންސްޕާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބޭ ފަރާތްތަކަށް ކުރިންވެސް އޮންނަ އުސޫލުން ހިލޭ ފަރުވާ ހޯދޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވެ އެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހުޅުވައި، އާސަންދައިގެ ދަށުން ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355