ރާއްޖޭގައި ބައެއް މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށާއި، އާ ބޮޑު މަޝްރޫއެއް ފަށައިގެން ކުރިއަށްގެންދިއުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިތުރު އާ ބޮޑު މަޝްރޫއަކަށް ސޮއިކޮށް އަލުން ލޯނު ނަގައިގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށާއި ހަރަދު ކުޑަ ކުރުމުގެ ގޮތުން އާ ބައެއް މަޝްރޫއުތައް ފެށުންވެސް ހުއްޓާލާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ހުއްޓާލި މަޝްރޫއުތަކުގަ ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށެވެ.