twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެތެން ދެކޮޅު

ޚަދީޖާ އާދަމް
Jun 9, 2022
1

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެތެން މިހާރު ދެކޮޅު ހަދަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ ތިން އަހަރު ރާއްޖެ އަށް ބަންގުލަދޭޝް އިން މަސައްކަތްތެރިން ގެނައުން ހުއްޓާލާފައި އޮތުމުން އެ މީހުންނަށް އޮތް ޑިމާންޑް ވަރަށް ބޮޑުވެ، ގަވައިދަށް ފެތެން މަސައްކަތްތެރިން ދެކޮޅު ހަދާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން މިހާރު ހުރި ކަންބޮޑުވުން ހިއްސާކުރައްވައިފަ އެވެ.

އެގޮތުން ލިޔެކިއުމެއް ނެތި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގަވައިދަށް ފެތި އެމީހުންގެ މުސާރައަށް ދާން ބޭނުން ނުވާކަމަށާއި ގަޑިއިރަކަށް މުސާރަ ލިބޭގޮތަށް ބޮޑު އަގުގައި ދިވެހިން ބިދޭސީން ލައްވާ މަސައްކަތް ކުރުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރަން އެއްވެސް ފިޔަވަޅެއް އަދި އެޅިފައި ނުވަނީ، އެ މީހުން ހައްޔަރުކޮށްގެން ވިޔަސް ގެންގޮސް ބަހައްޓާނެ، ކެޕޭސިޓީ ބޮޑު ޑިޓެންޝަން ފެސިލިޓީއެއް ވެސް ނެތުމުން ކަމަށާއި އެފަދަ ފެސިލިޓީއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށާއި، 300-500 އާ ދެމެދުގެ އަދަދަކަށް މީހުން ގެންގުޅެވޭނެ އެތަން ވަރަށް އަވަހަށް ބޭނުންކުރަން ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި 280،000 އެއްހާ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އޭގެ ތެރޭގައި ގިނައީ ބަންގުލަދޭޝްގެ މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355