twitterviber whatsapp telegramfacebookyoutube instagram
24th April 2024

2022 އޭޝިއާ ޕެސިފިކް އެވޯރޑްސްގެ 3 އެވޯޑްތަކެއް އުރީދޫއަށް

Jun 9, 2022

2022 އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަނގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ އިން ހާސިލް ކޮށްފިއެވެ. ކޮވިޑް-19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ހިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތައްވެސް ވަނީ ފާހަގަ ކޮށްލެވޭ އެވޯޑެއް ހާސިލްކޮށްފައެވެ.

2022 އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

❖ ގޯލްޑް ސްޓީވީ - އެކްސަލަންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިފާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި ހިންގުމަށް އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން ހިދުމަތްތައް)

❖ ސިލްވަރ ސްޓީވީ - އެކްސަލަންސް އިން ކޮންސިއުމަރ ޕްރޮޑަކްޓް އެންޑް ސަރވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ހިދުމަތްތައް)

❖ ބްރޮންޒް ސްޓީވީ - އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (އެމް-ފައިސާގެ ހިދުމަތްތައް)

"ޑިޖިޓަލް ހިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ފުރުސަތުތައް ފަހިކޮށްދިން އަޅުގަނޑުމެންގެ އިސްނެގުންތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ޕެންޑެމިކްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ވަރަށް އިޚްލާޞްތެރިކަމާއި ބުރަ މަސައްކަތުން، އަޅުގަނޑުމެންގެ ޓީމުން އީޖާދީ ޚިދުމަތްތައް ތަޢާރަފްކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ޙިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް ފަހިކޮށްދިން. އަޅުގަނޑުމެންގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށް، މުޅި ކަސްޓަމަރ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ހިތްވަރާއި ޝައުޤުވެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ މުޅި ޓީމަށް އަޅުގަނޑު ތަހުނިޔާ އާއި މަރުހަބާ ދަންނަވަން. ކުރިއަށް އޮތް ތަނުގައިވެސް ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ކަސްޓަމަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އުރީދޫ ޓީމް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވި އެވެ.

ޕެންޑެމިކްގެ އާއެކު ދިމާވި ގޮންޖެހުންތަކާއެކުވެސް، އުރީދޫ މޯލްޑިވްސް އިން ވަނީ ކަސްޓަމަރުންގެ ބަދަލުވެ އިތުރުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާ ނެޓްވޯކް އަދި ޓެލެކޮމް އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ބޮޑޭތި އިންވެސްޓްތަކެއްކޮށްފައެވެ.

ޓައަރ 3 ރެޑީ ޑޭޓާ ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ރާއްޖެ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތްވެސް ފަށާފައެވެ. ހަމަ އެފަދައިން އުރީދޫ މޯލްޑިވްސް އިން ވަނީ އެކުންފުނީގެ މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށްފައެވެ. އާޗާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ ފަދަ އީޖާދީ ޕްރޮޑަކްޓްތައް ތަޢާރަފްކުރުމާއި، ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދިނުމަށް ފިކްސްޑް ބްރޯޑްބޭންޑް ގެ ޙިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ވެގެންދިޔައީ ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެ ކުންފުނީގެ ކުރިއެރުމަށް ލިބުނު ހިތްވަރަކަށް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އަދި ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމުކުރުމަށް އުރީދޫ އަމާޒާ އެއްގޮތަށް ޑިޖިޓަލް ހިދުމަތްތަކުން ހުޅުވިގެންދާ ފުރުސަތުތައް މުޖުތަމައުއަށާއި ވިޔަފާރިތަކަށް ހުޅުވާލުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި ކުދި ވިޔަފާރި އާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރަނުންނަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމުގައި މޫލީ އިން މުހިންމު ދައުރެއް އަދާކުރާއިރު، އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކުމާއި، އޮންލައިން ޕްލެޓްފޯމްތަކާއި، ކެފޭ އަދި ފިހާރަތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭކަމަށް އުރީދޫއިން ބުންޏެވެ. ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުންތަކާއި އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯރމްތަކުގެ ސަމާލުކަން ހޯދާ، ފަޚުރުވެރި އެވޯޑްތައް ހާސިލްކުރަމުން އަންނަކަމަށް އުރީދޫއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355