twitterviber whatsapp telegramfacebookyoutube instagram
7th January 2026

ޖާގަ އިތުރުކުރުމަށް އަފީފުއްދީން ސްކޫލަށް އާ އިމާރާތެއް

ޚަދީޖާ އާދަމް
Jun 11, 2022
2

ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް 3 ބުރީގެ ކުލާސް ރޫމް އިމާރާތެއް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ. މިއީ ޕީއެސްއައިޕީގެ ދަށުން އިމާރާތް ކުރާ މި ތިން ބުރީގެ އިމާރާތުގައި ހިމެނެނީ 8 ކުލާސް ރޫމާއި އޭވީ ރޫމެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭ ނިންމާގޮތަށް 7,676,348.33ރ (ހަތް މިލިއަން ހަ ލައްކަ ހަތްދިހަ ހަ ހާސް ތިން ސަތޭކަ ސާޅީސް އަށް ރުފިޔާ ތިރީސް ތިން ލާރި) އެވެ.

މި މަޝްރޫއުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ނީލާ ނަސީރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355