twitterviber whatsapp telegramfacebookyoutube instagram
14th June 2026

ނާގޯށި 2024 ވަނަ އަހަރު ފަތުރުވެރިކަމަށް ހުޅުވާލެވޭނެ: އެމްޓީޑީސީ

ޚަދީޖާ އާދަމް
Jun 11, 2022

ހދ ނާގޯށީގައި ތަރައްގީ ކުރާ ރިސޯޓުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކުއާޓާ ތެރޭގައި ފެށޭނެކަމަށާއި، 2024 ވަނަ އަހަރުތެރޭގައި ރިސޯޓު ހުޅުވޭނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ބުނެފި އެވެ.

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި އެކުންފުނިން ހުށަހެޅި މާލީ ރިޕޯޓުގައި ބުނެފައިވަނީ ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ ރޯ ގަލަދާރީ ކުންފުންޏާއިއެކު ޤާއިމްކޮށްފައިވާ ޖޮއިންޓު ވެންޗަރއެއްގެ ދަށުންނެވެ.

73 ހެކްޓަރުގެ މި ރަށުގައި ރިސޯޓެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީޑީސީން މިހާރުދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ އިދާރީ މަސައްކަތްތައް ކަމަށާއި، ރަށުގެ އީއައިއޭ ހެދުމުގެ މަސައްކަތާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތާއި، ރަށުގެ ސަރވޭގެ މަސައްކަތް ކުރިއަށްދާކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެމްޓީޑީސީން މީގެކުރިން ބުނެފައިވަނީ، ނާގޯށީގައި ތަރައްޤީކުރާ ރިސޯޓް ހިމެނިގެންދާނީ ފަތުރުވެރިކަމުގެ އެނދުގެ އަދަދުން ބަލާނަމަ، ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު ރިސޯޓްތަކުގެތެރޭގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355