twitterviber whatsapp telegramfacebookyoutube instagram
19th March 2026

ފޯރިގަދަ ބަށިބޯޅަ މުބާރާތުގެ ފައިނަލް: ކޮރަލްސް އާއި ނެއްލައިދޫ

Jun 11, 2022

ކުޅުދުއްފުށީގައި މިހާރު ކުރިއަށްގެންދާ ފޯރިގަދަ ހދ އަތޮޅު ބަށިބޯޅަ ލީގްގެ ފައިނަލް މެޗުގައި ކުޅުދުއްފުށީ ކޮރަލްސް ޓީމާއި ނެއްލައިދޫ ބަށި ޓީމް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިއަދު ހަވީރު 4:00 ގައި ސްޓޭޑިއަމްގެ އެރީނާގައި އެވެ. ވަރަށް ފޯރިގަދަކޮށް ކުރިއަށްދާ މި މުބާރާތް ފެށީ މިދިޔަ ބުރާސްފަތިދުވަހު އެވެ.

ހަތަރު ޓީމާއެކު ފެށި މި މުބާރާތްތަކީ ގިނަ ދުވަސްތަކަކަށްފަހު ހދ އަތޮޅުގައި ބާއްވާ ބަށިބޯޅަ މުބާރާތެކެވެ. މިއީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބަށިބޯޅަ ފައުންޑޭޝަނާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355